
ބޯޓުތަކުގައި ތިބި މީހުންގެ ހާލު މިދަނީ ބަލަމުން، ސަރުކާރުގެ އޮފިޝަލަކު ވަރަށް އަވަހަށް ދާނެ: ފޮރިން މިނިސްޓްރީ
ބޯޓުތަކުގައި ތިބި މީހުންގެ ހާލު މިދަނީ ބަލަމުން، ސަރުކާރުގެ އޮފިޝަލަކު ވަރަށް އަވަހަށް ދާނެ: ފޮރިން މިނިސްޓްރީ
ލިޔުން:
އެރިޓްރިއާގައި ދިވެހި އަދި މިސުރު ފަޅުވެރިންނާއެކު އެފް.އެސް.އެމް އާއި ޕެޓްރޯލިއަމް ލިންކް ޕްރައިވެޓް ލިމިޓެޑްގެ ބޯޓުތަކެއް ހިފަހައްޓާފައިވާކަމުގެ މަޢުލޫމާތު މިމިނިސްޓްރީއަށް ލިބުމާއެކު އެކަން ވަރަށް ގާތުން ބަލަމުން ގެންދާ ކަމަށާއި، އެ ބޯޓުތަކުގައި ތިބި ދިވެހި ފަޅުވެރިންނަށް ކޮންސިއުލަރ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި މިނިސްޓްރީގެ އޮފިޝަލަކު ވަރަށް އަވަހަށް އެރިޓްރިއާއަށް ދަތުރު ކުރާނެ ކަމަށް ފޮރިން މިނިސްޓްރީއިން ބުނެފިއެވެ.
"މިމިނިސްޓްރީން މިދަނީ ރާއްޖޭން ބޭރުގައި ގާއިމު ކުރެވިފައިވާ ދިވެހިރާއްޖޭގެ އެމްބަސީތަކުން އެގާއުމުތަކުގައި ހުރި އެރިޓްރިއާގެ އެމްބަސީތައް މެދުވެރިކޮށް އެރިޓްރިއާގެ ސަރުކާރާ ވާހަކަ ދައްކައިގެން އިތުރު މައުލޫމާތު ހޯދުމަށާއި އެބޯޓުތަކުގައި ތިބި ކަމަށް މައުލޫމާތު ލިބިފައިވާ ދިވެހި ފަޅުވެރިންގެ ހާލު ބަލައި އެހީތެރިކަން ފޯރުކޮށްދިނުމަށް މެދުނުކެނޑި މަސައްކަތް ކުރަމުން" ފޮރިން މިނިސްޓްރީއިން ބުންޏެވެ.
އެ މިނިސްޓްރީއިން ބުނީ ނިއު ޔޯކުގައި ހުންނަ އެރިޓްރިއާގެ ދާއިމީ މިޝަނާއި ރާއްޖޭގެ ދާއިމީ މިޝަނުންދަނީ މިމައްސަލަ އަށް އަވަސް ހައްލެއް ހޯދޭތޯ ބަލަމުންދާ ކަމަށެވެ.
އަދި ނިއުދިއްލީގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުންދަނީ އެރިޓްރިއާ އިން ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ އެމްބަސީ މެދުވެރިކޮށް އެރިޓްރިއާ ސަރުކާރުގެ އެހީތެރިކަން ހޯދުމަށް މަސައްކަތްތައް ކުރަމުންކަމަށް ވެސް ބުންޏެވެ.
މިސްރުން ފުރައިގެން ރާއްޖެއަށް ދަތުރުކުރަނިކޮށް މި ދެ ބޯޓު އެރިޓްރިއާގެ ސިފައިން ހިފެހެއްޓީ ހުއްދަ ނުހޯދާ އެގައުމަށް ވަތް ކަމަށް ބަލާފައި މިދިޔަ މަހުގެ 26 ވަނަ ދުވަހު އެވެ. އެދެބޯޓު ހިފަހައްޓާފައިވަނީ މޫސުންގޯސްވެ އެފްރިކާގައި މަޑުކުރަން ޖެހުމުން ގަވާއިދާ ހިލާފަށް އެރެޓްރިއާ އަށް ވަންކަމަށް ބަލާފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
