އަގުބޮޑު ބޯޓެއްގެ މައްސަލައިގައި ކައިޒީން އޭނާގެ ބައްޕަ ގޮވައިގެން ކޯޓުގައި ތަޅާފޮޅަނީ!

އަގުބޮޑު ބޯޓެއްގެ މައްސަލައިގައި ކައިޒީން އޭނާގެ ބައްޕަ ގޮވައިގެން ކޯޓުގައި ތަޅާފޮޅަނީ!
ލިޔުން:
ރާއްޖޭގެ މަޝްހޫރު މޮޑެލް ކުރުންތެރިޔާ ކައިޒީން ބޯޓެއްގެ މައްސަލާގައި އޭނާގެ ބައްޕަ ގޮވައިގެން ކޯޓަށް ހިގައްޖެއެވެ.
ކައިޒީން އޭނާގެ ބައްޕައާއި ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާ ކޮށްފައިވަނީ އޭނާގެ ބައްޕައާއި ހަވާލުކޮށްގެން ގަތް ބޯޓު ބައްޕަގެ ނަމަށް ރަޖިސްޓްރީ ކުރުމާއި ގުޅިގެންނެވެ. ކައިޒީން ބޭނުންވަނީ މި ބޯޓުގެ ރަޖިސްޓްރީ އޭނާގެ ނަމަށް ބަދަލުކުރާށެވެ. ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ ވެސް މިބޯޓުގެ ރަޖިސްޓްރީ ބައްޕަގެ ނަމުން އޭނާގެ ނަމަށް ބަދަލު ކުރުމަށެވެ.
3.6 މިލިއަން ރުފިޔާގެ އަގުހުރި މި ބޯޓުގެ ނަމަކީ ”މިހިރީ ނަންބަރު 5“އެވެ. ކައިޒީން ކޯޓަށް ހުށައެޅި މައްސަލައިގައި ބުނެފައިވަނީ އޭނާގެ ބައްޕަ އިބްރާހިމް އަލިފުޅު އޭނާގެ ނަމަށް ބޯޓު ރަޖިސްޓްރީ ކޮށްފައިވަނީ ކައިޒީންގެ ހުއްދައާ ނުލާ ކަމުގައެވެ. އެހެންކަމުން މި މައްސަލަ ނިމެންދެން ބޯޓުގެ މިލްކުވެރިކަން އެހެން ފަރާތަކަށް ބަދަލު ނުވާނެ ގޮތަކަށް ވަގުތީ އަމުރެއް ނެރެދިނުމަށެވެ. ކައިޒީން އެދުނުގޮތަށް ކޯޓުންވަނީ ވަގުތީ އެމުރެއްވެސް ނެރެފައެވެ. ކޯޓުން ނެރުނު ވަގުތީ އަމުރުގައިވަނީ، ކޯޓުން މިމައްސަލަ ނިމެންދެން ބޯޓު އެއްވެސް ފަރާތަކަށް ކުއްޔަށް ނުދިނުމަށާއި އަދި ބޯޓުގެ މިލްކުވެރިކަންވެސް އެއްވެސް ފަރާތަކަށް ބަދަލު ނުކުރުމަށެވެ.
އަދި މީގެއިތުރުން ކޯޓުން މައްސަލާގައި ވަކި ގޮތަކަށް ފައިސަލާ ކުރުމުގެ ކުރިން ބޯޓުގެ ރަޖިސްޓްރީއާއި ގުޅޭ އެއްވެސް ނިންމުމެއް ނުނިންމުމަށް ކޯޓުންވަނީ ޓްރާންސްޕޯޓު މިނިސްޓްރީއަށްވެސް އަމުރު ކޮށްފައެވެ.
ކޯޓުގައި ވަކާލާތު ކުރަމުން ކައިޒީންގެ ބައްޕަ ބުނެފައިވަނީ ބޯޓު ގަތް ފަރާތަކީ އޭނާކަން އެގެން އޮންނާނެ ކަމަށެވެ. މީގެއިތުރުން އިސްލާމީ ޝަރީއަތުގައި އޮންނަ ގޮތުން ދަރީންގެ މުދަލަކީ މައިންބަފައިގެން މުދާ ކަމަށާއި، ދަރީންގެ މުދާ މައިންބަފައިން ބޭނުން ކޮށްގެން ކޯޓުގައި ދާއުވާ ނުކުރެވޭނެ ކަމުގައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
