ބޯކޮށް ވާރޭވެހި ތ. ތިމަރަފުށްޓާއި ލ. ގަމުގައި ފެންބޮޑުވުމާ ގުޅިގެން އެމްއެންޑީއެފް އިން އެހީތެރިކަންފޯރުކޮށްދޭން ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ތިމަރަފުށްޓަށާއި ލ.ގަމަށް ބޯކޮށް ވާރޭވެހި ފެން ބޮޑުވެގެން އެހީތެރިކަން ފޯރުކޮށްދިނުމުގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
ތ. އަތޮޅުން ފެށިގެން ގދ. އަތޮޅާއި ހަމައަށް، މިރޭ 12 ޖެހުމާ ހަމައަށް މޫސުމް ގޯސްވާނެކަމަށް ލަފާކޮށް މޫސުމާބެހޭ އިދާރާއިން ވަނީ ވައިޓް އެލާޓް ނެރެފަ އެވެ. އަދި ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށާއި އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް ވަނީ ލަފާކޮށްފަ އެވެ.







