މާލެ: 31°C

ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރާނަން، މިއީ "ފުލެޓް ދޮންބެ": ރައީސް ނަޝީދު

January 3, 2023
2 ފަހަރު ބަލާފައި
ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރާނަން، މިއީ "ފުލެޓް ދޮންބެ": ރައީސް ނަޝީދު
ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރާނަން، މިއީ "ފުލެޓް ދޮންބެ": ރައީސް ނަޝީދު
ރިޔާސީ އިންތިހާބަށް ކުރިމަތިލާ މިފަހަރުވެސް މި ހުރީ "ފްލެޓް ދޮންބެ" ކަމަށާއި، ރާއްޖޭގައި ބޯހިޔާވެހިކަމުގެ މަޝްރޫއުތައް ހިންގުމަށް އަވަދިނެތި މަސައްކަތް ކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައިސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ނަޝީދު މިހެން ވިދާޅުވީ، މިރޭ ބޭއްވި ކެމްޕެއިން ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ. ނަޝީދު ވިދާޅުވީ, ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ނުލިބި، މުޅި މާލެއާއި ރާއްޖެ ބިކަވެދާ ގޮތަށް ދޫކޮށްލެވިގެން ނުވާނެ ކަމަށެވެ. އަދި ތަނަވަސް ޖާގައިގައި, ރީތި ދިރިއުޅުމެއް އުޅެވޭނެ ގޮތަކަށް ސިޔާސަތު ތަންފީޒު ކުރެވެންވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ބިން ތަނަވަސް ބޮޑެތި ރަށްރަށުގައި ވެސް ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ލިބިފައިނުވާ ކަމަށެވެ.

"އަޅުގަނޑު މިއައީ ކޮމަންޑޫއިން. އެ ވެސް ކުޑަކުޑަ ރަށެއް. ނަމަވެސް ވަށައިގެން ހިއްކާލެވިފައި އެބައޮތް. އެތަނުގައި ވެސް ގޯތިގެދޮރުގެ މައްސަލަ އެއީ އެންމެ ބޮޑު އެއް މައްސަލަ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ކުރިއަށް އޮތް ޕްރައިމަރީ ކާމިޔާބުކޮށް ރިޔާސީ އިންތިޚާބުގައި ވާދަކޮށް އެއިންތިޚާބުން މޮޅުވުމަށްފަހު އުފެދޭ އެމަނިކުފާނުގެ ސަރުކާރުގައި ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރު ކޮށްދޭނެކަމުގެ ވައުދު ރައީސް ނަޝީދު ވަނީ ދެއްވާފައެވެ. އެމަނިކުފާނު ވިދާޅުވީ މީގެ ކުރިންވެސް މިކަމަށް ވައުދުވި ކަމަށާއި، މިފަހަރުވެސް މިކަމަށް ވައުދުވެ މިކަން ކޮށްދޭނީ އެމަނިކުފާނުކަމަށް ވިދާޅުވިއެވެ. ނަޝީދު ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންނަށް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ބޯހިޔާވަހިކަން ކަމަށާއި މިކަމަކީ ސަރުކާރުން އެންމެ ބޮޑަށް އަހަންމިއްޔަތުކަން ދޭން ޖެހޭނެ ކަމެއް ކަމަށެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ