މާލެ: 31°C

ބީއެމްއެލް ސްވައިޕް އިންޓަރނޭޝަނަލް އެކައުންޓް ތަޢާރަފް ކޮށްފި

July 15, 2026
53 ފަހަރު ބަލާފައި
ބީއެމްއެލް ސްވައިޕް އިންޓަރނޭޝަނަލް އެކައުންޓް ތަޢާރަފް ކޮށްފި
ބޭންކް އޮފް މޯލްޑިވްސް އިން ބުނީ މި ޚިދުމަތާއެކު އަމިއްލަ އިންޓަރނޭޝަނަލް ބޭންކް އެކައުންޓް ނަންބަރު (އައިބީއޭއެން) އެއް ހިމެނޭ އިންޓަރނޭޝަނަލް އެކައުންޓެއް ހުޅުވައި، ބޭރުގެ އެކައުންޓްތަކުން ފަސޭހަކަމާއެކު ޑޮލަރު، ޔޫރޯ އަދި ޕައުންޑު ގެނެވޭނެ ކަމަށެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ސްވައިޕް މެދުވެރިކޮށް ބައިނަލްއަގުވާމީ އެކައުންޓް ހުޅުވައި ބޭރުން ފައިސާ ގެނެވޭ ޚިދުމަތް ތަޢާރަފްކޮށްފިއެވެ.

ބާސެލޯ ނަސަންދުރާގައި ޔޫތު އޮންޓްރަޕްރަނާސް އެކްސްޕޯ ހުޅުވުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގަ މި ހިދުމަތް ތައާރަފް ބީއެމްއެލްގެ ޗެއާޕާސަން އަލީ ހަބީބާއި އެ ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފު އެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ބުނީ މި ޚިދުމަތާއެކު އަމިއްލަ އިންޓަރނޭޝަނަލް ބޭންކް އެކައުންޓް ނަންބަރު (އައިބީއޭއެން) އެއް ހިމެނޭ އިންޓަރނޭޝަނަލް އެކައުންޓެއް ހުޅުވައި، ބޭރުގެ އެކައުންޓްތަކުން ފަސޭހަކަމާއެކު ޑޮލަރު، ޔޫރޯ އަދި ޕައުންޑު ގެނެވޭނެ ކަމަށެވެ.

އެގޮތުން މި ޙިދުމަތް ތަޢާރަފް ކުރެވިގެންދިއުމާއެކު ކަސްޓަމަރުންނަށް ތަފާތު ފައިސާއިން މުއާމަލާތް ކުރުމުގެ ފުރުސަތު ލިބި ބޭރުގެ ފަރާތްތަކާއެކު ފައިސާގެ މުއާމަލާތްތައް ކުރުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަމަށެވެ.

ސްވައިޕް އިންޓަނޭޝަނަލް އެކައުންޓަކުން ބައިނަލްއަގުވާމީ ފައިސާގެ ޓްރާންސްފާއެއް ހިންގުމާއެކު، ވަގުތުން ކަސްޓަމަރުގެ 'ސްވައިޕް' ވޮލެޓަށް އެ ފައިސާ ޖަމާވާނެ ކަމަށާއި، އަދި ސްވައިޕްއަށް ލިބޭ ޕީ-ޓު-ޕީ ފައިސާގެ ޓްރާންސްފަރތަކުން އެއްވެސް ފީއެއް ނުނަގާނެ ކަމަށްވެސް ބީއެމްއެލް އިން ބުނެއެވެ.

ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ އެ ބޭންކުގެ ސްވައިޕް މެދުވެރިކޮސް ބައިނަލްއަޤްވާމީ ފައިސާ ލިބޭނެ ގޮތް ހަމަޖެހުމަކީ ކަސްޓަމަރުން ވަރަށް ބޮޑަށް އިންތިޒާރު ކުރަމުން އައި ކަމެއް ކަމަށާއި، އެކަމުގެ ސަބަބުން ބޭރުގެ ފަރާތްތަކާއެކު މުޢާމަލާތްކުރާ ފަރާތްތަކަށް ވަރަށްބޮޑު ލުޔަކާއި ފައިދާއެއް ލިގބިގެންދާނެ ކަމަށެވެ.

ބީއެމްއެލް އިން ބުނީ މިއަހަރު ކުރީކޮޅު ތަޢާރަފްކުރި ސްވައިޕް ބޭނުންކުރާ ކަސްޓަމަރުންގެ އަދަދު މިހާރު ވަނީ 20،000 އަށްވުރެ މައްޗަށް އަރާފައި ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ