މާލެ: 31°C

ބީއެމްއެލް އިން ވަކި އަދަދަކަށް ވުރެ މަތީގެ ޗެކު ބަލައިނުގަންނަ ގޮތް ހަދަނީ

February 8, 2023
2 ފަހަރު ބަލާފައި
ބީއެމްއެލް އިން ވަކި އަދަދަކަށް ވުރެ މަތީގެ ޗެކު ބަލައިނުގަންނަ ގޮތް ހަދަނީ
ބީއެމްއެލް އިން ވަކި އަދަދަކަށް ވުރެ މަތީގެ ޗެކު ބަލައިނުގަންނަ ގޮތް ހަދަނީ
އަންނަ އޭޕްރިލްމަހުގެ ފުރަތަމަ ދުވަހުން ފެށިގެން، ދިވެހި ފައިސާއިން ނަމަ 50،000 ރުފިޔާއިން މަތީގެ އަދަދުތައް އަދި ޑޮލަރުން ނަމަ 3،000  މަތީގެ އަދަދުތަކުގެ ޗެކުތައް ބަލައިނުގަންނާނެ ކަމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ބުނެފި އެވެ. ބީއެމްއެލް ޓްވީޓްކުރި ޕޯސްޓަރެއްގައި ބުނީ މަތީ އަދަދުތަކުގެ ޗެކް ބަލައިނުގަންނަން ނިންމީ  ޗެކުން ކުރާ މުއާމަލާތްތައް މަދުކުރުމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ ގެ އެކްޝަން ޕްލޭނުގައި އޮތް ނިންމުމާ އެއްގޮތަށް ކަމަށެވެ. މިގޮތަށް ވަކި އަދަދުތަކަށް ވުރެ މަތީގެ ޗެކުތައް ބަލައިގަތުން ހުއްޓާލި ނަމަވެސް ކަސްޓަމަރުންނަށް އިންޓަނެޓް ބޭންކިން އަދި މޯބައިލް ބޭންކިން މެދުވެރިކޮށް ހިދުމަތް ހޯދޭނެކަމުގައި ބީއެމްއެލްއިން ބުނެއެވެ. ބޭންކިން ހިދުމަތްތަކަށް ޑިޖިޓަލް ޗެނަލްތައް ބޭނުންކުރުމަށް ކަސްޓަމަރުންނަށް އިލްތިމާސް ކުރާކަމަށް ވެސް އެ ބޭންކުން ބުންޏެވެ.  އަދި ބީއެމްއެލްގެ އިންޓަނެޓް ބޭންކިން އަށް ރަޖިސްޓާ ކޮށްފައި ނުވާ މީހުންނަށް ވެސް މިހާރު އޮންލައިންކޮށް ރަޖިސްޓާ ވެވޭނެއެވެ. ބީއެމްއެލްގެ އިންޓަނެޓް ބޭންކިން އަދި މޯބައިލް ބޭންކިން އަކީ  24 ގަޑިއިރު އިންޓަނެޓް ބޭންކިން މެދުވެރިކޮށް ހިދުމަތް ލިބޭ ޕްލެޓް ފޯމެއްްކަމަސް އެބޭންކުން ބުނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ