މާލެ: 31°C

ބީއެމްއެލްއިން މާލޭގެ ދެ ގެއެއް ނީލަމުގައި ވިއްކާލަން އިއުލާނުކޮށްފި

ބީއެމްއެލްއިން މާލޭގެ ދެ ގެއެއް ނީލަމުގައި ވިއްކާލަން އިއުލާނުކޮށްފި
September 25, 2024
2 ފަހަރު ބަލާފައި
ބީއެމްއެލްއިން މާލޭގެ ދެ ގެއެއް ނީލަމުގައި ވިއްކާލަން އިއުލާނުކޮށްފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މާލޭގެ ދެ ގެ އެއް  ނީލަމުގައި ވިއްކާލުމަށް އިއުލާނުކޮށްފިއެވެ. ބީއެމްއެލް އިން ކުރި އިއުލާނުގައި ބުނެފައިވަނީ، އެ ބޭންކުން ނަގާފައިވާ ދެ ލޯނަކަށް ފައިސާ ނުދައްކައިގެން ނީލަމުގައި ވިއްކާލަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ވިއްކާލުމަށް ނީލަމަށް ހުޝަހާޅާފައިވަނީ، ސަންފްރަންޓް ލައިޓްޝޮޕް ގޯޅިތެރޭގައި ހުންނަ މ. ނާއިންފަރުއާގެ އާއި މ. ބީޗްކޯނާއެވެ. އިއުލާނުގައި ވަނީ، 792 އަކަފޫޓުގެ ނާއިންފަރުއާގެ ނީލަމުގައި ވިއްކާލުމުގެ ނީލަން ފެށޭ އަގަކީ 13 މިލިއަން ރުފިޔާ ކަމަށާއި، އެ ގެ ގަންނަން ނީލަން ހުށަހެޅުމުގެ މުއްދަތު ހަމަވާނީ އަންނަ މަހު 10 ގައި ކަމަށެވެ. އަދި ބީޗް ކޯނާ އަކީ 927.33 އަކަފޫޓުގެ ގެއެއް ކަމަށާއި އެ ގެ ވިއްކާލަން ނީލަން ފެށޭ އެންމެ ދަށް އަގަކީ 23.8 މިލިއަން ރުފިޔާ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ. އެގޮތުން ބީޗް ކޯނާގެ ގަތުމަށް އަގު ހުށަހެޅުމުގެ މުއްދަތު ހަމަވާނީ އަންނަ މަހުގެ 15 ވަނަ ދުވަހު ކަމަށް ވެސް އިއުލާނުގައި ވަނީ ބުނެފައެވެ. ބީއެމްއެލް އިން ބުނީ، މި ދެ ގެ ނީލަމުގައި ވިއްކާލަން ހަމަޖެހިފައިވަނީ އެންމެ ބޮޑު އަގެއް ހުށަހަޅާ ފަރާތަކަށް ކަމަށެވެ. އަދި އެންމެ ބޮޑު އަގެއް ހުށަހެޅި ފަރާތް ކަނޑައަޅާނީ ހުށަހަޅާ އަގު އެންމެ މަތީ އަގުގެ ގޮތުގައި ބަދަލެއް ނައިސް ފަސް ދުވަހުގެ މުއްދަތަކަށް އޮތުމުން ކަމަށް ވެސް އިއުލާނުގައި ބަޔާންކޮށްފައިވެއެވެ. މުއްދަތު ހަމަވާ ތާރީހާއާ ހަމައަށް އަގު ހުށަހަޅާ މީހުންގެ ތެރެއިން، އެ ވަގުތު އެތަނަށް ހާޒިރުވެ ތިބި މީހުންގެ ހާޒިރުގައި ނީލަން ހުޅުވައި، އެންމެ މަތީ އަގު އިއުލާން ކުރެވޭނެ ކަމަށް ވެސް ބީއެމްއެކްގެ އިއުލާނުގައި ވަނީ ބުނެފައެވެ. މީގެ އިތުރުން ނީލަން ނިމުމުން އެންމެ މަތީ އަގު ހުށަހަޅާ ފަރާތަކަށް އެކަން އަންގާނެ ކަމަށާއި، ބޭންކުން އެކަން އަންގާ ތާރީހު ފެށިގެން ސަރުކާރު ބަންދު ދުވަސްތައް ނުހިމަނައި 10 ދުވަހުގެ މުއްދަތު ނުވަތަ ބޭންކުން އިތުރުކޮށްދޭ މުއްދަތެއްގެ ތެރޭގައި އެ ފަރާތަކުން ހުށަހެޅި ޖުމްލަ އަގަށްވާ ފައިސާ ބީއެމްއެލްއަށް ދައްކަން ޖެހޭނެ ކަމަށް ވެސް އިއުލާނުގައި ވަނީ ބުނެފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ