މާލެ: 31°C

ބީއެމްއިލްއިން ކިޔަވާ ކުދިންނަށް ދޫކުރާ ލޯނުގެ އިންޓަރެސްޓް ކުޑަކޮށްފި

January 12, 2023
2 ފަހަރު ބަލާފައި
ބީއެމްއިލްއިން ކިޔަވާ ކުދިންނަށް ދޫކުރާ ލޯނުގެ އިންޓަރެސްޓް ކުޑަކޮށްފި
ބީއެމްއިލްއިން ކިޔަވާ ކުދިންނަށް ދޫކުރާ ލޯނުގެ އިންޓަރެސްޓް ކުޑަކޮށްފި
ބޭންކް އޮފް މޯލްޑިވްސް އިން ދޫކުރާ "ކިޔަވާ ލޯނު" ގެ އިންޓަރެސްޓް ކުޑަކޮށްފިއެވެ.
މިކަން އިއުލާނުކޮށްފައިވަނީ ބީއެމްއެލްއަށް 40 އަހަރު ފުރުމުގެ މުނާސަބަތުގައި ކްރޮސްރޯޑްގައި މިރޭ ބާއްވާ ހަފްލާގައެވެ. ކިޔަވާލޯނުގެ އިންޓަރެސްޓް ރޭޓް ކުޑަކޮށްފައިވަނީ %9 އިން %5 އަށެވެ. 
ކިޔަވާ ލޯނުގެ އިންޓަރެސްޓް ރޭޓް ކުޑަކުރިކަން އިއުލާނު ކުރެއްވުމަށްފަހު އެ ބޭންކްގެ ޗެއާޕާސަން ޔޫޝައު ވިދާޅުވީ އެންމެ ބޮޑަށް ލިބޭ އެއް ޝަކުވާއަކީ ދަރިވަރުންނަށް ދޫކުރާ ލޯނުގެ އިންޓަރެސްޓް ރޭޓް ބޮޑުވުމުގެ ޝަަކުވާކަމަށެވެ. 

ރައީސުލްޖުމްހޫރިއްޔާ، އިބްރާހިމް މުހައްމަދު ސޯލިހު ވެސް ބައިވެރިވެވަޑައިގަތް އެ ހަފްލާގައި ވާހަކަ ދައްކަވަމުން ޔޫޝައު ވިދާޅުވީ ކިޔަވާ ލޯނުގެ އިންޓަރެސްޓު ރޭޓަށް ބަދަލު ގެންނަން ނިންމީ ވަރަށް ގިނަ ބެލެނިވެރިންނާއި ކިޔަވާ ކުދިންގެ ފަރާތުން އެ ލޯނުގެ އިންޓަރެސްޓު ރޭޓު މުރާޖާ ކުރުމަށް އެދެމުން ދިޔުމުގެ ސަބަބުން ކަމަށެވެ.

މިރޭގެ ހަފްލާގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކނބަލުން ވަޑައިގަންނަވަނީ ފޮޓޯ: ބީއެމްއެލް

ކިޔަވާލޯނުގެ އިންޓަރެސް ރޭޓް ދައްކުރުމުން މިހާރު %9 ގައި ނަގާފައިވާ ކިޔަވާ ލޯނުތަކުގެ އިންޓަރެސްޓް ރޭޓް ވެސް %5 އަށް ކުޑަކުރެވޭނެެއެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ