މާލެ: 31°C

ބީއެމްއެލް އިން ހިދުމަތްދޭން ޗެޓް ކުރާ ރޮބޮޓެއް ތައާރަފްކޮށްފި

ބީއެމްއެލް އިން ހިދުމަތްދޭން ޗެޓް ކުރާ ރޮބޮޓެއް ތައާރަފްކޮށްފި
May 31, 2023
3 ފަހަރު ބަލާފައި
ބީއެމްއެލް އިން ހިދުމަތްދޭން ޗެޓް ކުރާ ރޮބޮޓެއް ތައާރަފްކޮށްފި

ރާއްޖޭގެ އެންމެ ގިނަ ކަސްޓަމަރުންނަށް ހިދުމަތް ފޯރުކޮށްދޭ، ބީއެމްއެލުން ދޭ ހިދުމަތްތަކާ ގުޅޭ މައުލޫމާތުތައް ފަސޭހަކަމާ އެކު، ހޯދާލެވޭނެ ގޮތަށް ފަރުމާކޮށްފައިވާ ޗެޓު ބޮޓެއް އެ ބޭންކުން ތައާރަފުކޮށްފި އެވެ.

"އާޔާ" ގެ ނަމުގައި ތައާރަފްކުރި މިބޮޓަކީ ކަސްޓަމަރުންގެ ތަޖުރިބާ ރަނގަޅުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ތައާރަފްކުރި ރޮބޮޓެއް ކަމަށް އެ ބޭންކުން ބުންޏެވެ. "އާޔާ" ގެ ހިދުމަތް ބޭންކުގެ ވެބްސައިޓާއި ފޭސްބުކް މެސެންޖަރާއި ވައިބާ އަދި ވަޓްސްއެޕް މެދުވެރިކޮށް 24 ގަޑިއިރު ލިބޭނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ. ދިވެހި ބަހުން އަދި އިނގިރޭސި ބަހުން ވެސް ޖަވާބު ދިނުމުގެ ގާބިލްކަން ލިބިފައިވާ އާޔާ އަށް ކަސްޓަމަރުންގެ ސުވާލުތަކަށް ޖަވާބު ރިއަލް ޓައިމްގައި ދިނުމާއި، ބޭނުން ވަގުތެއްގައި ކަސްޓަމަރ ސާވިސް އޭޖެންޓަކަށް ބަދަލު ކުރެވޭނެ އެވެ. ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓޫމްކޭ ވިދާޅުވީ ކަސްޓަމަރުން ބޭނުންވަނީ އެމީހުން ބޭނުންވާ ޗެނަލް ބޭނުންކޮށްގެން ބީއެމްއެލް ފަދަ ފަދަ ބްރޭންޑްތަކާ ގުޅިގެން މަސައްކަތް ކުރަންކަމަށެވެ. " އާޔާ ގެ މި ޕްލެޓްފޯމްގައި ޖެނެރޭޓިވް އެއައި އާއި ނެޗުރަލް ލެންގުއޭޖް ޕްރޮސެސިން (އެންއެލްޕީ) ގެ އެންމެ ފަހުގެ ވަސީލަތްތައް ބޭނުންކޮށްގެން ގިނަ ޗެނަލްތަކެއްގައި ސްމާޓް ވާހަކަ ދެއްކުމުގެ ފުރުސަތު ލިބެ އެވެ. އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް މިކަމުގެ މާނައަކީ އަވަސް ރެސްޕޮންސް އާއި ރިޒޮލިއުޝަން ޓައިމްސް، ނަތީޖާ އެއްގެ ގޮތުން ކަސްޓަމަރުންގެ ހިތްހަމަޖެހުން އިތުރުވުން " ކާލް ވިދާޅުވިއެެވެ. 

އޭނާ ވިދާޅުވީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ބަލާއިރު، އަހަރުމެންނަކީ އިންސާނުން ކަމަށް ވުމުން ބައެއް ފަހަރު ހިދުމަތް ދިނުމުގައި ވެސް ކުށް ކުރެވޭ ކަމަށާއި ބޭންކު ޑިޖިޓަލައިޒް ކުރުމުން ކަސްޓަމަރުންނަށް ލިބޭ ހިދުމަތުގެ ފެންވަރު ރަނގަޅުވެ ހިދުމަތް ހޯދާ މީހުންގެ ވަގުތު ވެސް އެތައް ގުނަ އަކުން ސަލާމަތްވެގެން ދާނެ ކަމަށެވެ.

އިތުރަށް އޭނާ ވިދާޅުވީ ބީއެމްއެލްއަކީ ކުޑަ ބޭންކެއް ނޫން ކަމަށާއި އެ ބޭންކަށް އަހަރެއްގެ މައްޗަށް 1،000،000 (އެއް މިލިއަން) ކޯލް ލިބޭ ކަމަށެވެ. އެ އަދަދު ކޮންމެ އަހަރަކު އިތުރުވަމުން އައުމަކީ އެއީ ހިދުމަތް ލަސް ކުރުމަށް ދެއްކޭނެ އުޒުރެއް ނޫން ކަމަށެވެ.

325،000 އަށްވުރެ ގިނަ ކަސްޓަމަރުން ތިބި ބީއެމްއެލުން އަލަށް މިއަދު ތައާރަފު ކުރި ބޮޓާ އެކު އެ ބޭންކުގެ ހިދުމަތެއް ހޯދުމަށް މީގެ ކުރިން ކޯލް ސެންޓަރަށް ގުޅައިގެން އެ ހޭދަ ކުރާ ވަގުތު އިންތިހާއަށް މަދުވެގެންދާނެ ކަމަށް އެ ބޭންކުން ބުނެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ