މާލެ: 31°C

ބޭރުގަތިބޭ ދަރިވަރުންގެ ވިސާ ފީ ދެއްކުމަށް ކާޑު ލިމިޓް ދޭން ދިވެހިންގެ ބޭންކުން ނިންމައިފި

June 25, 2026
93 ފަހަރު ބަލާފައި
ބޭރުގަތިބޭ ދަރިވަރުންގެ ވިސާ ފީ ދެއްކުމަށް ކާޑު ލިމިޓް ދޭން ދިވެހިންގެ ބޭންކުން ނިންމައިފި
ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންގެ ވިސާފީ ދެއްކުމަށް ކާޑްލިމިޓް ދޭން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމައިފި އެވެ.

ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންގެ ވިސާފީ ދެއްކުމަށް ކާޑްލިމިޓް ދޭން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމައިފި އެވެ.

ބީއެމްއެލް އިން ބުނީ މީގެ ކުރިންވެސް ރާއްޖެއިން ބޭރުގައި ކިޔަވަންތިބޭ ދިވެހިންނަށް ވިސާ ފީ ދެއްކުމަށް 'ކޭސް ބައި ކޭސް' އަށް ބެލުމަށް ފަހު ކާޑަށް ލިމިޓް ދެމުން އައިސްފައިވާ ކަމަށާއި، އެގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ އާއި ގުޅިގެން މިއަދުން ފެށިގެން ހުރިހާ ދަރިވަރުންނަށްވެސް، ވިސާ ފީ ދެއްކުމަށް އެދި ހުށަހެޅުމުން ކާޑަށް ބޭރުފައިސާގެ ލިމިޓް އިތުރުކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ.


މީގެ ކުރިންވެސް އެ ބޭންކުންވަނީ ބޭރުގައި ކިޔަވަންތިބޭ ދަރިވަރުންނަށް ޓިއުޝަން ފީ، އާއި ދިރިއުޅުމުގެ ޚަރަދުތަކަށް ބޭނުންވާ ބޭރު ފައިސާ ހަމަޖައްސައިދިނުމުގެ ގޮތުން ދިވެހި ރުފިޔާގެ ކާޑުން ބޭރުފައިސާގެ މުއާމަލާތްކުރެވޭ ލިމިޓް 1200 ޑޮލަރަށް އިތުރުކޮސްދެއްވާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ