މާލެ: 31°C

މޯލްޑިވިއަން ބްލަޑް ސާވިސަސްގެ ޑިރެކްޓާ ޖެނެރަލްގެ މަގާމަށްއަހުމަދު މައުސޫމް އައްޔަންކޮށްފި

March 24, 2025
164 ފަހަރު ބަލާފައި
މޯލްޑިވިއަން ބްލަޑް ސާވިސަސްގެ ޑިރެކްޓާ ޖެނެރަލްގެ މަގާމަށްއަހުމަދު މައުސޫމް އައްޔަންކޮށްފި
މޯލްޑިވިއަން ބްލަޑް ސާވިސަސްގެ ޑިރެކްޓާ ޖެނެރަލްގެ މަގާމަށްއަހުމަދު މައުސޫމް އައްޔަންކޮށްފި އެވެ.

މޯލްޑިވިއަން ބްލަޑް ސާވިސަސްގެ ޑިރެކްޓާ ޖެނެރަލްގެ މަގާމަށްއަހުމަދު މައުސޫމް އައްޔަންކޮށްފި އެވެ.

ހެލްތު މިނިސްޓްރީން ބުނީ މޯލްޑިވިއަން ބްލަޑް ސާވިސަސްގެ ޑިރެކްޓާ ޖެނެރަލްގެ މަގާމަށް އައްޔަނު ކޮށްފައިވާ އަހުމަދު މައުސޫމް އަކީ މެނޭޖްމަންޓް ދާއިރާ އާއި ހިންގުމުގެ ދާއިރާގައި ތަޖުރިބާ ހުންނެވި ބޭފުޅެއް ކަމަށާއި އަދި ކުރިން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައިވެސް މަސައްކަތް ކުރައްވާފައިވާ ބޭފުޅެއް ކަމަށެވ.

ހެލްތު މިނިސްޓްރީން ބުނީ ތެލެސީމިއާ ސެންޓަރަށް ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް އަކާއި ޑިރެކްޓަރެއްގެ މަގާމަށް ވެސް ވަރަށް އަވަހަށް ބޭފުޅުން ހަމަޖައްސާނެ ކަމަށާއި އަދި އެ ސެންޓަރަށް ފިޒީޝަނެއް ވެސް ހަމަޖެހިގެންދާނެ ކަމަށާއި އަދި އެތަނަށް މިވަގުތަށް ބޭނުންވާ 5 ނަރުހުން ހޯދުމަށްވެސް މިއަދު އިއުލާނު ކޮށްފައިވާ ކަމަށެވެ.

އަދި އެހެނިހެން އިދާރީ މުވައްޒަފުންވެސް ހަމަޖެއްސުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށާއި، ތެލެސީމިއާ ކުދިންނަށް ދެވޭ ފަރުވާ އަދި ޚިދުމަތް ރަނގަޅު ކުރުމަށްޓަކައި ތެލަސީމިއާ ސެންޓަރު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ބޭނުންވާ ކަންކަން ފަހިކޮށް އެ ސެންޓަރުގެ ހުރި މައްސަލަތައް ވަކި މުއްދަތެއްގެ ކުރިން ޙައްލުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާކަމަށްވެސް ހެލްތު މިނިސްޓްރީން ބުނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ