ބްލައިންޑް އެސޯސިއޭޝަނުން އެދުނު ގޮތަށް އިންތިހާބާ ބެހޭ ގާނޫނު ބަދަލުކުރަނީ

ބްލައިންޑް އެސޯސިއޭޝަނުން އެދުނު ގޮތަށް އިންތިހާބާ ބެހޭ ގާނޫނު ބަދަލުކުރަނީ
ލިޔުން:
ލޮލަށް ފެނުމުން މަހުރޫމުވެފައިވާ ފަރާތްތަކަށް ވެސް އެހެން މީހެއްގެ އެހީތެރިކަމެއް ނެތި، ސިއްރު ވޯޓެެއް ލެވޭ ފަދަ އާލާތެއް ބޭނުންކުރެވޭ ގޮތަށް، އިންތިހާބުތަކާ ބެހޭ އާއްމު ގާނޫނު ބަދަލުކުރަން ސަރުކާރުން މަސައްކަތް ފަށައިފި އެވެ.
ލޮލަށް ފެނުމުމުން މަހުރޫމުވެފައިވާ މީހުނަށް ސިއްރުވޯޓެއް ނުލެވޭތީ، ބްލައިންޑް އެސޯސިއޭޝަނުގެ މެމްބަރުން ކަންބޮޑުވުން ފާޅުކޮށް އެކަމަށް ހައްލެއް ހޯދަން އެފަދަ މީހުންގެ ޖަމިއްޔާ ، ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސް އިން މިދިޔަ މަހު ފަހުކޮޅު ކަމާ ބެހޭ އިދާރާތަކުގެ ވެރިންނާ ބައްދަލުކުރި އެވެ. އެ ކަންބޮޑުވުން، އެޖަމިއްޔާއިން ވަނީ ރައްޔިތުންގެ މަޖިލީހަށް ވެސް ހުށަހަޅައިފަ އެވެ.
[embed]https://minivan.mv/82593/[/embed]
ރައީސް އޮފީހުގައި މިއަދު ބޭއްވި މީޑިއާ ބްރީފިން އެއްގައި އެ އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ފެނުމުން މަހުރޫމުވެފައިވާ މީހުން، އެހެން މީހެއްގެ އެހީތެރިކަމާ ނުލައި ވޯޓުލާން ބޭނުންކުރާ ޕްލާސްޓިކް ޓެމްޕްލޭޓެއް މެދުވެރިކޮށް ވޯޓް ލެވޭ ގޮތަށް ގާނޫނަށް ގެންނަ ބަދަލުގެ ބިލު ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުވަން ނިންމާފައިވާ ކަމަށެވެ.
"މި ބިލުން، އިންތިހާބުތަކާ ބެހޭ އާއްމު ގާނޫނަށް ގެނެވޭ އިސްލާހަށް ބަލާއިރު، ވޯޓުކަރުދާހުގައި އަމިއްލައަށް ފާހަގަ ޖެހުމަށް ޖިސްމާނީ ގޮތުން ނުކުޅެދިގެންވާ މީހުންގެ ތެރެއިން ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން އެހެން މީހެއްގެ އެހީތެރިކަމާ ނުލައި ވޯޓުކަރުދާހުގައި އަމިއްލައަށް ފާހަގަ ޖެހުމަށް އެދޭ ނަމަ ވޯޓުކަރުދާސް އޭގެ ތެރެއަށް ލައިގެން ނުވަތަ ވޯޓުކަރުދާހުގެ މަތީގައި ވަގުތީ ގޮތުން ހަރުކޮށްގެން، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވޯޓުލުމަށް އެހީތެރިވެދޭ ގޮތަށް ތައްޔާރުކޮށްފައިވާ ، އެތެރެ ފެންނަ ޕްލާސްޓިމް ޑިވައިސް އެއް ބޭނުންކޮށްގެން ވޯޓުކަރުދާހުގައި ފާހަގަ ޖެހިދާނެ ކަމަށް ބިލުގައި ބަޔާންކޮށްފައި ވާނެ،" މިއުވާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އިންތިހާބުތަކުގައި ވޯޓުލުމުގައި ހުރި ދަތިތައް ހައްލުކުރަން ގިނަ ޖަމިއްޔާތަކެއްގެ ހުށަހެޅުންތަކެއް އެބަހުރި ކަމަށާއި ބިލު ހުށަހަޅަނީ އެކަމަށް ރިއާޔަތްކޮށްގެން ކަމަށެވެ. އެއީ ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަށް އުފާވެރި ޚަބަރަކަށް ވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
