މާލެ: 31°C

ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ގޯތި ދޫކުރާ ބިން ސާފުކުރަން ފަށައިފި

January 26, 2023
2 ފަހަރު ބަލާފައި
ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ގޯތި ދޫކުރާ ބިން ސާފުކުރަން ފަށައިފި
ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ގޯތި ދޫކުރާ ބިން ސާފުކުރަން ފަށައިފި
ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ބިން ސާފުކުރުމުގެ މަސައްކަތް ފަށައިފިއެވެ. ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ދޫކުރުމަށް ހަމަޖެހިފައިވާ ގޯތިތައް ދޫކުރުމަށް ބިން ކަނޑައަޅާފައިވަނީ ހުޅުމާލެ ފޭސް 2ގެ 2 ސަރަހައްދަކުން ޖުމްލަ 62 ބުލޮކު ކަމަށާއި މިގޮތުން ގޯތި ދޫކުރުމަށް ކަނޑައަޅާފައިވާ ބިމުގެ ބޮޑުމިނަކީ 1،250،000 އަކަފޫޓު ކަމަށް ހައުސިންގ މިނިސްޓްރީން މައުލޫމާތުދެއެވެ. އަދި ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އާތިފް ވިދާޅުވީ ބިން ސާފުކުރުމުގެ މަސައްކަތް ކުރަނީ އެޗްޑީސީ އިން ކަމަށާއި އެގޮތުން ގޯތި ދޫކުރުމަށް ކަނޑައަޅާފައިވާ ބިންތައް 2 ހަފްތާ ތެރޭގައި ސާފުކޮށް ނިންމާލެވޭނެކަމަށެވެ. [caption id="attachment_78996" align="aligncenter" width="1062"] ހުޅުމާލޭ ފޭސް ދޭކުން ގޯތި ދޫކުރާ ސަހަރައްދުތައް ރަތް ކުލައިން ފާހަގަކުރެވިފައި[/caption] ހައުސިންގ މިނިސްޓްރީގެ ސީނިއާރ އެގްޒެކްޓިވް މުހައްމަދު އާރިފް ވިދާޅުވީ، ހުޅުމާލެ އިން ގޯތި ދޫކުރުމަށް ކަނޑައަޅާފައިވާ ބައެއް ސަރަޙައްދުތަކަކީ ވަރަށްބޮޑެތި ވެލިފުނިތަކާއި އަދި ހުޅުމާލޭގައި މަސައްކަތްކުރާ ބައެއް ކުންފުނިތަކުގެ މެޓީރިއަލްސް ބެހެއްޓުމަށް ބޭނުންކުރަމުންދާ ތަންތަންކަމުން މިއަދު މިވަނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޝަނުން އެތަންތަން ސާފުކުރުމުގެ މަސައްކަތް ފަށާފައިކަމަށެވެ.  އަދި މާރޗްމަހު ބިންވެރިޔާގެ ދަށުން ގޯތި ލިބޭ މީހުންގެ ލިސްޓް ނެރެ ފައިނަލް ކުރެވޭއިރު ހުޅުމާލެއިން ގޯތި ދިނުމަށް ކަނޑައެޅިފައިވާ ހުރިހާ ބިންތަކެއް އޮންނާނީ އިން ވަކިކޮށް ގޯތި ކެނޑޭނެގޮތަށް ސާފުކޮށް އެއްވަރުކޮށްފައި ކަމަށެވެ. މީގެ އިތުރުން މި ސަރަހައްދަށް ފެނާއި ކަރަންޓް ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް އެ ޙިދުމަތްދޭ ފަރާތްތަކާއި ގުޅިގެން މިހާރު ކުރިއަށްދާކަމަށް އާރިފް ވިދާޅުވިއެވެ. [caption id="attachment_78994" align="aligncenter" width="1600"] ހައުސިންގ މިނިސްޓްރީގެ ސީނިއާރ އެގްޒެކްޓިވް މުހައްމަދު އާރިފް ނޫސްވެރިންނަށް މައުލޫމާތުދެއްވަނީ[/caption] ހުޅުމާލެއިން ގޯތި ކަނޑާފަ ދިނުމަކީ ރައީސް ސޯލިހުގެ ރިޔާސި ވައުދެކެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ