ބިންވެރިޔާ ސްކީމުގެ ދަށުން ގޯތިލިބުނު މީހުންނާއި އެކު ވެސް، ޝަރުތުހަމަވާ މީހުނަށް ޖޮއިންޓްވެވޭ ގޮތް ހަދައިފި

ބިންވެރިޔާ ސްކީމުގެ ދަށުން ގޯތިލިބުނު މީހުންނާއި އެކު ވެސް، ޝަރުތުހަމަވާ މީހުނަށް ޖޮއިންޓްވެވޭ ގޮތް ހަދައިފި
ލިޔުން:
ބިންވެރިޔާ ސްކީމްގެ ދަށުން، މާލެ ސަރަހައްދުން ދޫކުރާ ބަނޑާރަ ގޯއްޗަށް އެދި ހުށަހަޅާފައިވާ މީހުންގެ ވަގުތީ ލިސްޓުގައި ހިމެނޭ، ޝަރުތު ހަމަވެ ޖޮއިންޓްވެގެން ލިބުމުގެ ފުރުސަތު އޮތް، މީހުން އެލިސްޓުގައި ހިމެނޭ ގޯތި ލިބޭ ފަރާތްތަކާ އެކު ވެސް، ޖޮއިންޓް ވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ޕްލޭނިން މިނިސްޓްރީއިން މިރޭ ކުރި އިއުލާނެއްގައި ބުނީ ވަގުތީ ލިސްޓުގައި ހިމެނޭ، ޝަރުތުހަމަވާ ޖޮއިންޓްވެގެން ގޯތި ލިބުމުގެ ފުރުސަތު އޮތް ފަރާތްތަކުގެ ތެރެއިން، ގޯތި ލިބޭ ފޯމުގެ ލީޑިން އެޕްލިކެންޓަށް ރިކުއެސްޓް ފޮނުވުމުގެ ފުރުސަތު 15 ޖުލައި 2023ގެ 23:59ގެ ނިޔަލަށް ހަަމަޖެހިފައިވާ ކަމަށެވެ.
އެ އިއުލާނުގައިވާ ގޮތުން، ޖޮއިންޓް އެޕްލިކޭޝަނެއްގެ ގޮތުގައި ބަލައިގަންނަނީ، ޖޮއިންޓް ވާން އެދޭ މީހުން ފޮނުވާ ރިކުއެސްޓް، އެ އިއުލާނުގައި ބުނެފައިވާ ސުންގަޑި ހަމަވުމުގެ ކުރިން ބޯތިލިބޭ ފޯމުގެ ލީޑިން އެޕްލިކެންޓް އެރުކުއެސްޓް ގަބޫލު ކުރުމުން ނެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް ހުށައެޅި ފަރާތްތަކުގެ ތެރެއިން، 19857 މީހުން ހުށައެޅި، 12794 ފޯމު ވަނީ ޝަރުޠުހަމަވެފައެވެ. އަދި ޝަރުތު ހަމަވެފައިވާ ފަރާތްތަކުގެ ތެރެއިން ވަކިން ފޯމްހުށައަޅައިފައިވާ ފަރާތްތަކަށް ޖޮއިންޓްވުމުގެ ފުރުސަތު ދިނުމަށްވެސް ވަނީ ނިންމާފައެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން މިއަދު އިއުލާނުކުރި ލިސްޓްގައި ގޯތި ލިބޭ މީހުންގެ ތެރޭގައި 10314 މީހުން ހިމެނިފައިވެއެވެ. އަދި ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު ޖުލައިމަހުގެ 15ވަނަ ދުވަހާއި ހަމައަށް ވަނީ ހުޅުވާލާފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ އާދަމް ޝަމީމް އައްޔަނުކޮށްފި

މާލޭގެ ގެއަކުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
