މާލެ: 31°C

ބިންހެލުމުގައި ހާލުގައި ޖެހުނު މީހުންނަށް އެހީވާން ފަންޑެއް ހުޅުވައިފި

February 7, 2023
2 ފަހަރު ބަލާފައި
ބިންހެލުމުގައި ހާލުގައި ޖެހުނު މީހުންނަށް އެހީވާން ފަންޑެއް ހުޅުވައިފި
ބިންހެލުމުގައި ހާލުގައި ޖެހުނު މީހުންނަށް އެހީވާން ފަންޑެއް ހުޅުވައިފި
ތުރުކީ އާއި ސޫރިޔާއަށް އިއްޔެ އައި ބާރުގަ ބިންހެލުންތަކުގައި ގެދޮރު ހަލާކުވެ، ހާލުގައި ޖެހިފައިވާ އެތައް ހާސް މީހުންނަށް އެހީތެރިވާން ރާއްޖޭގެ ހިލޭސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާއަކުން ފަންޑެއް ހުޅުވައިފި އެވެ. އިންސާނީ އެހީދޭ ބައިނަލް އަގުވާމީ އެތައް ޖަމިއްޔާތަކަކާއި ރާއްޖޭގެ 100 އަށް ވުރެ ގިނަ ޖަމިއްޔާ ޖަމާއަތްތަކާ ގުޅިގެން މަސައްކަތްކުރާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އޭއައިއޭސީ) އިން ބުނީ ބިންހެލުންތަކުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ޓަކައި މިވަގުތު ކުރަމުން އަންނަ ކަމަކީ ކާބޯތަކެތީގެ ޕެކޭޖްތައް ފޯރުކޮށްދިނުުގެ އިންތިޒާމު ހަމަޖެއްސުން ކަމަށެވެ. ހާލުގައި ޖެހިފައިވާ މީހުންނަށް މިވަގުތަށް އެންމެ މުހިއްމީ ވެސް ކާބޯތަކެތީގެ އެހީ ކަމަށް ވެސް އެ ޖަމާއަތުން ބުންޏެވެ. ތުރުކީއާއި ސީރިއާއަށް އައި ބިން ހެލުމުގައި ހާލުގައި ޖެހުނު މީހުންނަށް އެހީތެެރިވާން ހުޅުވައިލި ފަންޑަށް އެހީތެރިވާނެ ގޮތުގެ ތަފްސީލު، އެ ފަންޑު ހުޅުވިކަން ހާމަކޮށް އޭއައިއޭސީން ކުރި ޓްވީޓްގައި ހިމަނާފައި އެބަ ހުއްޓެވެ. [embed]https://twitter.com/IACMaldives/status/1622655037058187265?s=20&t=seAupPzhyhEffUHh1S_M_g[/embed] ތުރުކީ އާއި ސޫރިޔާއަށް އިއްޔެރޭ ފުރަތަމަ ބިންހެލުން އައީ ރިކްޓަ މިންގަނޑުން 7.8 ގެ ބާރު މިނުގައެވެ. އެއަށް ފަހު 7.7 ގެ ބާރުމިނުގައި ދެވަނަ ބިންހެލުމެއް ވެސް އަ އެވެ. ދެ ބިން ހެލުމާއި އޭގެ ފަހުން އައި ލޮޅުންތަކުގައި ދެގައުމުގެ އެތައް ހާސް އިމާރާތްތަކެއް ބިމާ ހަމަވި އިރު މަރުވި މީހުންގެ އަަދަދު މިހާރު ވަނީ 5،000 އާ ގާތް ވެފަ އެެވެ.        

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ