މާލެ: 31°C

ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ގާނޫނު ތަޞްދީޤު ކުރުމާއެކު ކައުންސިލްތަކުގެ އިޙްތިސާސް އެގާނޫނުގެ ދަށުން އަލުން ކަނޑައަޅަންޖެހޭނެ

ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ގާނޫނު ތަޞްދީޤު ކުރުމާއެކު ކައުންސިލްތަކުގެ އިޙްތިސާސް އެގާނޫނުގެ ދަށުން އަލުން ކަނޑައަޅަންޖެހޭނެ
September 8, 2024
2 ފަހަރު ބަލާފައި
ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ގާނޫނު ތަޞްދީޤު ކުރުމާއެކު ކައުންސިލްތަކުގެ އިޙްތިސާސް އެގާނޫނުގެ ދަށުން އަލުން ކަނޑައަޅަންޖެހޭނެ
ބިލު ނަންބަރު 15/2024 ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ތަޞްދީޤު ކުރައްވައިފިއެވެ. ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ބިލަކީ 11 އޯގަސްޓް 2024 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކޮލަމާފުށި ދާއިރާގެ މެންބަރ އިބްރާހިމް ދީދީ ހުށަހަޅުއްވާފައިވާ ބިލެކެވެ. އެ ބިލު ރައްޔިތުންގެ މަޖިޅިހުން ފާސްކޮސްފައިވަނީ 22 އޮގަސްޓު  ވި ބުރާސްފަތި ދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 32 ވަނަ ޖަލްސާގައިއެވެ. ގާނޫނީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކުން މީސް މީޑިއާގައި މި ގާނޫނާ ގުޅޭގޮތުން ކުރައްވާފައިވާ ޕޯސްޓް ތަކުގައި، ފާހަގަކުރައްވާފައިވާ ކަންކަމުގެ ތެރޭގައި މި ގނޫނުގެ ދަށުން ޕްލޭނިންގ އިހްތިސާސް އަލުން ކަނޑައަޅަން ޖެހޭނެ ކަމަށް ބަޔާންކޮސްފައިވެއެވެ. އ އެގޮތުން ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ބިލުގެ 6 ވަނަ މާއްދާގެ (ބ) ބަޔާންކޮށްްފައިވާ ގޮތުން އެ ގާނޫނަށް އަމަލުކުރަން ފެށުމާއެކު އެ ގާނޫނުގެ ބޭނުމަށް އަތޮޅު ކައުންސިލް ތަކާއި ރަށު ކައުންސިލްތަކުގެ ޕްލޭނިންގ އިޙްތިސާސް ކަނޑައަޅައި ގެޒެޓް ކުރަން ޖެހޭނެއެވެ. އަދި އެ ގާނޫނުގެ 7 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކޮށްފައިވާ ގޮތަށް ޕްލޭނިން އިދާރާ ތަކުގެ އިހްތިސާސް (ކައުންސިލް ތަކުގެ) ހިމެނޭ ސަރަހައްދައް ފިޒިކަލް ޕްލޭނިނގް ޑިވެލޮޕްމަންޓް ޕްލޭނެއް އެކުލަވާލުމަށްފަހު އެ ޕްލޭނު ފާސްކުރުމަށްޓަކައި މިނިސްޓަރީއަށް ހުށަހަޅަން ޖެހޭނެއެވެ. އަދި  7 ވަނަ މާއްދާގެ (ށ) ބުނެފައިވާގޮތުން މިނިސްޓަރީން ޕލޭނަށް ގެންނަން ބުނާ ބަދަލުތައް ގެންނަންޖެހޭނެއެވެ. އެ ބިލުގައިވާގޮތުން ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ގާނޫނުގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި އިގްތިސާދީ އަދި އިޖްތިމާޢީ ގޮތުން އެކަށީގެންވާ ގޮތެއްގައި ރާއްޖޭގެ ބިން ތަރައްގީކޮށް ބެލެހެއްޓޭނެ ފަދައަކުން، ބިނާވެށި ޕްލޭން ކުރުމަށް މަގުފަހިކުރުން ކުރުމާއި، ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ތަރައްގީ ކުރުމަށް މަގުފަހިވާނެ ގޮތަކަށް ބިނާވެށި ޕްލޭންކޮށް ހިންގުމާ ގުޅޭ އުސޫލުތައް ކަނޑައެޅުމާއި، ވަޒީރުންގެ މަޖިލީހުގެ ލަފާގެމަތިން ބިނާވެށި ޕްލޭން ކުރުމާއި ހިންގުމާ ބެހޭ ގައުމީ ސިޔާސަތު ކަނޑައެޅުމާއި، ބިނާވެށި ޕްލޭންތައް އެކުލަވައިލައި، އެ ޕްލޭންތައް ފާސްވުމަށްފަހު، އެ ޕްލޭންތައް ތަންފީޒުކުރެވެމުންދާ ގޮތް ބެލުމާއި، ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން ބިން ތަރައްގީކުރުމުގެ ހުއްދަތައް ދިނުމުގެ މަސްއޫލިއްޔަތު އަދާކުރާނެ ފަރާތްތައް ބަޔާންކުރުމެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ