މާލެ: 31°C
ބިން ހިއްކާފަ ގޯތީގެ ރަޖިސްޓްރީ ދޭނެކަމަށް ސަރުކާރުން ބުނެފި

ބިން ހިއްކާފަ ގޯތީގެ ރަޖިސްޓްރީ ދޭނެކަމަށް ސަރުކާރުން ބުނެފި

January 21, 2024
3 ފަހަރު ބަލާފައި
ބިން ހިއްކާފަ ގޯތީގެ ރަޖިސްޓްރީ ދޭނެކަމަށް ސަރުކާރުން ބުނެފި

ޅީފަޅާއި ގިރާވަރު ފަޅުން ނުހިއްކާ ހުރި ބިންތައް ހިއްކާ ނިމުމުން އެ ސަރަހައްދުތަކުން ދޫކުރާ ގޯތިތަކުގެ ރަޖިސްޓްރީ ލިބޭނެކަމުގެ ރަސްމީ ލިޔުމެއް ދޭން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވާފައިވާ ކަމަށް މާލޭ ބިންވެރިންގެ ޖަމިއްޔާތަކުން ރޭ ބުނެފި އެވެ.

މާލޭ ބިންވެރިންގެ ޖަމިއްޔާތަކުގެ ތެރޭގައި ހިމެނޭ މާލެ ރަށްވެހިންގެ ޖަމިއްޔާ އާއި ހުޅުމާލެ ރައްޔިތުންގެ ކޮމިޓީ އާއި ގުޅިފަޅު ރައްޔިތުންގެ އެސޯސިއޭޝަން އަދި ގިރާވަރު މާލެ ސިޓީޒަން އެސޯސިއޭޝަނުން ކަނޑައެޅި މަންދޫބު ސުނާދު ލަތީފު ވަނީ ރައީސް މުއިއްޒުއާ ބައްދަލުކުރައްވާފަ އެވެ.

އެ ބައްދަލުވުމުގެ މައުލޫމާތު ހިއްސާ ކުރައްވަމުން ސަލްޓަން ޕާކުގައި ރޭ ބޭއްވި މާލޭ ބިންވެރިންގެ ސައްލާގައި ސުނާދު ވިދާޅުވީ އެ ސަރަހައްދުތަކުން ގޯތި ލިބުނު މީހުންނަށް ރަޖިސްޓްރީ ހަވާލުކުރެވޭނެ ކަމުގެ ރަސްމީ ލިޔުމެއް ދިނުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވާފައިވާ ކަމަށެވެ. ލިބިފައިވާ ބިން އެހެން ތަނަކަށް ބަދަލުނުކުރާނެކަން ކަށަވަރު ކުރައްވާނެ ކަމުގެ ޔަގީންކަންވެސް ރައީސް ދެއްވާފައިވާ ކަމަށް ސުނާދު ވިދާޅުވި އެވެ.

ކުރީ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ދޫކުރަން ނިންމަފައިވަނީ ހުޅުމާލެ 2 އާއި އަލަށް ހިއްކާ ހުޅުމާލެ 3 އިންނެވެ. މީގެ އިތުރުން ގުޅިފަޅާއި ގިރާވަރުފަޅުންވެސް ގޯތި ދޫކުރަން ވަނީ ނިންމާފަ އެވެ. އެ ތަންތަކުން ގޯތިލިބުނު މީހުންގެ ގުރުއަތުނަގާ، ސްލޮޓް ވެސް ވަނީ ކަނޑައަޅާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ