މާލެ: 31°C

ބިލް ތަސްދީގް ނުކުރެއްވީ ބަންޑާރަ ނައިބް އެގޮތަށް ލަފާއެރުވުމުން

March 12, 2025
150 ފަހަރު ބަލާފައި
ބިލް ތަސްދީގް ނުކުރެއްވީ ބަންޑާރަ ނައިބް އެގޮތަށް ލަފާއެރުވުމުން
ޕީއެންސީގެ ހޮޅުދޫ ދާއިރާގެ މެންބަރު އަބުދުއްސައްތާރު މުހައްމަދު ހުށަހެޅުއްވި ކޯޓްތަކާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ތަސްދީގު ނުކުރެއްވީ ބަންޑާރަ ނައިބްގެ ލަފާފުޅުގެ މަތިންކަން ހާމަވެއްޖެއެވެ.

ޕީއެންސީގެ ހޮޅުދޫ ދާއިރާގެ މެންބަރު އަބުދުއްސައްތާރު މުހައްމަދު ހުށަހެޅުއްވި ކޯޓްތަކާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ތަސްދީގު ނުކުރެއްވީ ބަންޑާރަ ނައިބްގެ ލަފާފުޅުގެ މަތިންކަން ހާމަވެއްޖެއެވެ.

އެގޮތުން އެބިލާ މެދު ބަންޑާރަ ނައިބް ގެ ލަފާފުޅުގައި ސުުޕްރީމް ކޯޓުގައި މިހާރު ތިއްބެވި ފަނޑިޔާރުންގެ ތެރެއިން ގާބިލް ނޫން ފަނޑިޔާރުންގެ ނަންތައް ގާނޫނަށް އަމަލުކުރަން ފަށާތާ 7 ދުވަހުގެ ތެރޭގައި ޖޭއެސްސީން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅަން ވާނެ ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް ގާނޫނުއަސާސީގެ 154 ވަނަ މާއްދާގެ (ހ) ދަށުން ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުތަކާއި ހިލާފުނުވާހާ ހިނދަކު އެ ފަނޑިޔާރުން ވަކިކުރަން އެ ކޮމިޝަނުން ހުށަހެޅިދާނެ ކަމަށް ނުފެންނަ ކަމަށް ވިދާޅުވެފައިވެއެވެ.

މިދިޔަ ފެބްރުއަރީ 26 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 7 އިން 5 މަދުކުރަން ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލް ތަސްދީގު ނުކުރައްވަން ބަންޑާރަ ނައިބު އަހުމަދު އުޝާމް މިއަދު ލަފާއެރުވީ، އެ ބިލަކީ ފަނޑިޔާރުން ވަކިކުރުމުގެ އުސޫލާ ފުށުއަރާކަމަށް ފެންނާތީ ކަމަށް ބުނެފައިވާއިރު އިތުރަށް ވިދާޅުވެފައިވަނީ އެ ބިލުގައި ކަނޑައަޅާފައިވާ ގޮތަށް އަމަލު ކޮށްފި ނަމަ އެ އުސޫލާ ފުށުއަރާނެ ކަމަށާއި އިންސާފުވެރިކަމާ އެކު ހުރިހާ ފަނޑިޔާރުން ޝާމިލްވާ ގޮތަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގާބިލްކަން ކަނޑައެޅުމުގެ ފުރުސަތު ގެއްލިދާނެ ކަން ވެސް ބިލުން ފާހަގަކުރެއްވޭ ކަމަށް ވިދާޅުވެފައި ވެއެވެ.

ވުމާއެކު އެ ކަންކަމަށް ރިއާޔަތް ކުރައްވައި ބަންޑާރަ ނައިބު އުޝާމްގެ ލަފާގައި ވިދާޅުވީ، އެ ބިލް ތަސްދީގު ކުރައްވަން ފެނިވަޑައިނުގަންނަވާ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ