ބިގް ބޮސް 13 ގައި އެންމެ މަދު މުސާރައެއް ލިބުނީ އަހަންނަށް: ޝެހެނާޒް

ބިގް ބޮސް 13 ގައި އެންމެ މަދު މުސާރައެއް ލިބުނީ އަހަންނަށް: ޝެހެނާޒް
ލިޔުން:
ބިގް ބޮސް 13 ގައި އެންމެ މަދު މުސާރައެއް ލިބުނު ވާދަވެރިޔާ އަކީ ޝެހެނާޒް ގިލް ކަމަށް އޭނާ ބުނެފިއެވެ.
ޝެހެނާޒް މިހެން ބުނެފައި ވަނީ ސަލްމާން ހާން ވެސް ބައިވެރިވި ކޮމެޑީ ޝޯ "ދަ ކަޕިލް ޝަރްމާ ޝޯ" ގައި ވާހަކަ ދައްކަމުންނެވެ.
ޝެހެނާޒް ބުނީ ބިގް ބޮސް 13 އިން އޭނާ ދެއްކި ފައިސާއަކީ ސަލްމާން ހާން ހޯސްޓްކުރި ރިއަލިޓީ ޝޯގައި ބައިވެރިވިއިރު ލިބުނު ‘އެންމެ ދަށް’ ފައިސާ ކަމަށެވެ. އެކަން ކުރިއަށް ގެންދިޔަ ގޮތުގައި އެންމެ ފަހުން ފާހަގަކުރެވުނީ އެންމެ ‘އަގުބޮޑު’ މީހާގެ ގޮތުގަކަމަށެވެ.
އެ ޝޯގައި ކަޕިލް ބުނީ ޝެހެނާޒް ފެނިގެން ގޮސްފައިވަނީ ސަލްމާންގެ ރިއަލިޓީ ޝޯ (ބިގް ބޮސް 13) އިން ކަމަށާއި މިހާރު އޭނާ ބޮލީވުޑަށް ތައާރަފް ވަމުން އަންނަނީ ސަލްމާންގެ ފިލްމަކުން ކަމަށެވެ. ކޮމެޑީ ތަރި ސަމާސާ ގޮތަކަށް ބަތަލާއާ ސުވާލުކުރީ ކިސީ ކާ ބައި ކިސީ ކީ ޖާންގެ ކާސްޓުންނާ ގުޅުނީ ބޮލީވުޑްގެ ސުޕަސްޓާގެ އަތުން ބައެއް ޕޭމަންޓް ޑިއުސް ނެގުމަށްތޯ އެވެ.
"އެ ޝޯގައި އަހަންނަށް ލިބުނު މުސާރަ ވަރަށް ކުޑަ. އެންމެ މަދު މުސާރައެއް ލިބޭ ކޮންޓެސްޓަންޓެއްގެ ގޮތުގައި އަހަރެން ނެގި ނަމަވެސް އެންމެ އަގުބޮޑު ކޮންޓެސްޓަންޓެއްގެ ގޮތުގައި ނުކުތީ." ޝެހެނާޒް ހީލަމުން ބުންޏެވެ.
ޝެހެނާޒްގެ ވާހަކަ އަޑުއެހުމަށްފަހު ސަލްމާނާއި ކަޕިލް ތިބީ އުފަލުން ހިނިތުންވެލައިގެންނެވެ.
އޭނާ އެ ޝޯއަށް ދިޔައީ އޭނާ ބޮލީވުޑަށް ނިކުންނަ ސަލްމާން ގެ ފިލްމު " ކިސީކާ ބާއި ކިސީކީ ޖާން" ގެ ޕްރޮމޯޝަންއަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
