މާލެ: 31°C
ބިދޭސީންނާ ގުޅޭ ޚިދުމަތްތައް ލަސްވާނެކަން ހޯމް މިނިސްޓްރީން އާންމުކޮށް އަންގައިފި

ބިދޭސީންނާ ގުޅޭ ޚިދުމަތްތައް ލަސްވާނެކަން ހޯމް މިނިސްޓްރީން އާންމުކޮށް އަންގައިފި

June 4, 2024
2 ފަހަރު ބަލާފައި
ބިދޭސީންނާ ގުޅޭ ޚިދުމަތްތައް ލަސްވާނެކަން ހޯމް މިނިސްޓްރީން އާންމުކޮށް އަންގައިފި
ބިދޭސީންނާ ގުޅޭ ޚިދުމަތްތައް ދިނުމުގައި އާންމުކޮށް ނަގާ މުއްދަތަަށްވުރެ މިހާރު ލަސްވާނެކަން ހޯމް މިނިސްޓްރީން އާންމުކޮށް އަންގައި އިއުލާނުކޮށްފިއެވެ. މިކަން ހާމަކޮށްފައި ވަނީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އިން ސަރުކާރުގެ ގެޒެޓުގައި އާންމު ކުރި އިއުލާނުގަ އެވެ. "މަސައްކަތްކުރުމަށް ބިދޭސީން ގެނައުމަށް އެދޭ ހުއްދަތަކުގެ ތެރެއިން ދޫކުރެވޭ ކޯޓާ، ވާކް ޕާމިޓް، ޑިޕޮޒިޓް ރީފަންޑް އަދި މި ނޫންވެސް ހިދުމަތްތައް ފޯރުކޮށްދިނުމުގައި އާންމު ގޮތެއްގައި ހިދުމަތް ދެވޭ މުއްދަތަށްވުރެ ލަސްވުމަކީ އެކަށީގެންވާކަމެއް ކަމުގައި ދެންނެވީމެވެ." މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވެ އެވެ. ޚިދުމަތް ލަސްވުމާ ގުޅޭ ގޮތުން، އެ އިއުލާނުގައި ބުނެފައިވަނީ އެ މިނިސްޓްރީން މިހާރު ދަނީ ބިދޭސީ މަސައްކަތްތެރިން ރާއްޖެއަށް ގެނައުމާ ގުޅޭ އުސޫލުތައް މުރާޖާކުރުމާއި، މިހާރު އަމަލުކުރަމުންދާ ނިޒާމްގައި ހުރި މައްސަލަތައް ދެނެގަނެ އެ ނިޒާމު ފަސޭހަކަމާ އެކު ރައްޔިތުންނަށް އަވަސް ހިދުމަތްތަކެއް ފޯރުކޮށްދީ، ހިދުމަތް ލިބިގަންނަ ފަރާތްތައް ޖަވާބުދާރީ ކުރެވޭނޭ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މިކަމުގެ ސަބަބުން ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ކުރިމަތިވާ ދަތިތަކަށް މައާފަށް އެދެމުން އެ މިނިސްޓްރީން ވަނީ ބިދޭސީ މަސައްކަތްތެރިންނާއި ގުޅިގެން މިނިސްޓްރީއަށް އެދިފައިވާ ހިދުމަތްތައް ވީ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ނިންމުމަށް މަސައްކަތްކުރަމުންދާކަމަށް ބުނެފަ އެވެ. ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި އެ މިނިސްޓްރީން މިހާރު ވަނީ ބިދޭސީންގެ އައިޑެންޓިޓީ ދެނެގަނެ، އެމީހުންގެ މައުލޫމާތު އެއްކުރުމަށް 'ކުރަނގި' ގެ ނަމުގައި ހާއްސަ އޮޕަރޭޝަނެއް ވެސް ފަށާފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ