މާލެ: 31°C
ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ތިން އަހަރުގެ އަމާޒެއް

ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ތިން އަހަރުގެ އަމާޒެއް

April 30, 2024
3 ފަހަރު ބަލާފައި
ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ތިން އަހަރުގެ އަމާޒެއް
ގަވާއިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ މައްސަލަ ތިން އަހަރު ދުވަހުގެ ތެރޭގައި ހައްލުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި އަންނަ މަހުން ފެށިގެން ބިދޭސީންގެ ފޮޓޯ އާއި ފިންގަޕްރިންޓް ނަގަން ފަށާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ. ސަރުކާރުގެ މަސައްކަތްތަކާ ގުޅޭގޮތުން އެކި ވަޒީރުންނާއި ސުވާލުކުރުމަށް އާންމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ "އަހާ" ފޯރަމުގައި ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އިޙްސާން ވިދާޅުވީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ރާއްޖޭގައި ވަރަށް ގިނަ ކަމަށާއި ނަމަވެސް އެއީ ކިހާ އަދަދެއް ކަމަށް އަދި ދަންނަވަން ނޭނގޭ ކަމަށެވެ. މިހާރު ކުރަމުންދާ މަސައްކަތުގެ ތަފްސީލް ހާމަކުރައްވަމުން އިހްސާން ވިދާޅުވީ ބިދޭސީންގެ ފިންގަޕްރިންޓާއި ފޮޓޯ ނެގުމަށްފަހު ވޯކް ޕާމިޓްތަކާ ދިމާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އޭގެ ތެރެއިން ބައެއް މީހުންނަކީ ވޯކް ޕާމިޓާއި ޕާސްޕޯޓު ވެސް ނެތް މީހުން ކަމަށް އިހްސާން ވިދާޅުވިއެވެ. “އަޅުގަނޑުމެން މިހާރު ކުރަމުން މިދާ މަސައްކަތަކީ މިހާރުން ފެށިގެން އެއް އަހަރު ތެރޭ ރާއްޖޭގައި ތިބި ހުރިހާ ބިދޭސީން، ހާއްސަކޮށް އަންސްކިލްޑް ލޭބަރ ކެޓެގަރީގައި ތިބި ހުރިހާ ބިދޭސީންގެ ދިހަ އިނގިލީގެ ފިންގަޕްރިންޓް ނަގާފަ އެމީހުންގެ ފޮޓޯއެއް ނަގާފަ އަޅުގަނޑުމެންގެ އަތުގަ މިހާރު ހުރި ވޯކް ޕާމިޓްތަކާ އެމީހުންނާ ދިމާކުރުން” އިޙްސާން ވިދާޅުވިއެވެ. އިޙްސާން ވިދާޅުވީ ރާއްޖެއެތެރެވާ ބިދޭސީންގެ މަޢުލޫމާތު ބެލެހެއްޓުމުގެ ކަންކަން ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި މިހާރަށްވުރެ ހަރުދަނާކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މި އަހަރު ތެރޭގައި، ހުރިހާ ބިދޭސީންގެ ފިންގާ ޕްރިންޓް ނެގި އެއް ޑެޓާބޭސްއެއް ގާއިމްކުރެވިގެންދާނެ ކަމަށް އިހްސާން ވިދާޅުވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ