މާލެ: 31°C

ބިދޭސީއަކަށް ބިރުދައްކައި ފޭރުނު މީހަކު ހައްޔަރުކޮށްފި

January 31, 2025
104 ފަހަރު ބަލާފައި
ބިދޭސީއަކަށް ބިރުދައްކައި ފޭރުނު މީހަކު ހައްޔަރުކޮށްފި
އެ ދެ މީހުން ބިދޭސީ މީހާ އަށް ބިރު ދައްކައި އޭނާގެ އަތުން ފޭރެން އުޅުނީ ގުލާބީ ގޯޅީގައި ހުންނަ އަލްބިޔާ މާޓް ކައިރިން ކަމަށްވެއެވެ. 

މާލޭގައި ބިދޭސީއަކަށް ބިރުދައްކައި އޭނާގެ އަތުން 33،500 ރުފިޔާ ފޭރުނު ދެ މީހަކު ހައްޔަރުކޮށްފި އެވެ.

އެ ދެ މީހުން ބިދޭސީ މީހާ އަށް ބިރު ދައްކައި އޭނާގެ އަތުން ފޭރެން އުޅުނީ ގުލާބީ ގޯޅީގައި ހުންނަ އަލްބިޔާ މާޓް ކައިރިން ކަމަށް ވެއެވެ. 

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ދެ މީހަކު ވެގެން ބިދޭސީއެއްގެ އަތުން ފޭރުނު މައްސަލަ އެ އިދާރާއަށް ރިޕޯޓުކޮށްފައި ވަނީ ރޭ މެންދަމު 2:12 ހާއިރު ކަމަށެވެ.

އެ ދެ މީހުން 33،500 ރުފިޔާ ފޭރުނު ކަމަށް ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މައްސަލަ އާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ:

  • ހ. ރެދަން، ފަވާޒް ކަޅު ތުއްތު (36އ)
  • ތ. ތިމަރަފުށި، ލަކީ ހައުސް، ސޮފްވާން އަލީ (36އ)

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ