މާލެ: 31°C

ބިޑުނުކޮށް ޕްރޮޖެކްޓް ޚަވާލުކުރުމާ ތަކެތި ގަނެވޭ ގޮތަށް މާލިއްޔަތު ޤަވާއިދު އިސްލާހު ކޮށްފި

February 27, 2025
173 ފަހަރު ބަލާފައި
ބިޑުނުކޮށް ޕްރޮޖެކްޓް ޚަވާލުކުރުމާ ތަކެތި ގަނެވޭ ގޮތަށް މާލިއްޔަތު ޤަވާއިދު އިސްލާހު ކޮށްފި
ބިޑުނުކޮށް ސިންގަލް ސޯސް ޕްރޮކިއުމެންޓް އުސޫލުން މަސްއަކަތް ޚަވާލުކުރުމާ ތަކެތި ގަނެވޭ ގޮތަށް މާލިއްޔަތު ޤަވާއިދު އިސްލާހު ކޮށްފި އެވެ.

ބިޑުނުކޮށް ސިންގަލް ސޯސް ޕްރޮކިއުމެންޓް އުސޫލުން ޕްރޮޖެކްޓް ޚަވާލުކުރުމާ ތަކެތި ގަނެވޭ ގޮތަށް މާލިއްޔަތު ޤަވާއިދު އިސްލާހު ކޮށްފި އެވެ. 

މާލިއްޔަތު ޤަވާއިދަށް ގެނެސްފައިވާ އެ އިސްލާހުގައިވާ ގޮތުން، ރައްޔިތުންގެ އަސާސީ ބޭނުންތަކާއި ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކޮށްދޭ ބާވަތުގެ މަޝްރޫއުތަކާއި އެ ފަދަ މަޝްރޫއުތަކަށް ބޭނުންވާ ތަކެއްޗާއި ޙިދުމަތް ދިނުމަށް ސިންގަލް ސޯސް ޕްރޮކިއުމެންޓް އުސޫލުގެ ދަށުން ޚަވާލުކުރެވޭނެއެވެ.

އަދި އެ އިސްލާހުގައި ބުނެފައިވާގޮތުން ސަލާމަތީ ހިދުމަތްތަކަށް ހާއްސަ މަޝްރޫއުތަކަށް ފިނޭންސް މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ ދަށުނ،ް ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކުން ކަނޑައަޅާ މަޝްރޫއުތައްވެސް ސިންގަލް ސޯސް ޕްރޮކިއުމެންޓް އުސޫލުގެ ތެރެއިން ބިނޑުކުރުމަކާނުލައި ޚަވާލުކުރެވިދާނެއެވެ.

މީގެ އިތުރުން އަލަށް ގެނައި އިސްލާހުގައިވާ ގޮތުން "ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގުރާމް" ގެ ތެރެއިނ،ް ފިނޭންސް މިނިސްޓަރުގެ ލަފާގެ މަތިން ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކުން ކަނޑައަޅާ ވަކި މަޝްރޫއެއް ހަވާލުކުރުމަށް ނިންމައިފި ނަމަ، އެ މަޝްރޫއުއަށް ބިޑު ސެކިއުރިޓީ އާއި ޕާފޯމަންސް ގެރެންޓީ ނުވަތަ ސެކިއުރިޓީ ނެގުން އިސްތިސްނާ ކުރުމުގެ އިހުތިޔާރު ވެސް ފިނޭންސް މިނިސްޓަރަށް ލިބިގެންވެ އެވެ. އެގޮތުން އިސްތިސްނާ ދެވޭ މަޝްރޫއުތައް ބަލަހައްޓާ ކަމާ ބެހޭ މިނިސްޓްރީއަކުން އެ މަޝްރޫއުތަކުގެ ޕްރޮގްރެސް ރިޕޯޓު އެކުލަވާލައި، ފިނޭންސް މިނިސްޓްރީން އަންގާ ގޮތުގެ މަތީން ފޮނުވަމުން ގެންދަން ވާނެ ކަމަށް ވެސް އެ ގަވައިދުގައި ބަޔާންކޮށްފައިވެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ