"އާއްމު ގޮތެއްގައި ބައި-އިލެކްޝަނެއްގައި، ޚާއްސަ ގޮތެއްގައި ލޯކަލް ކައުންސިލްގެ ބައި-އިލެކްޝަންގައި ވޯޓުލާ މީހުންގެ އަދަދު ވަރަށް މަދުވޭ. ބޮޑު އިންތިޚާބަކަށް ވެސް އެންމެ ފަހުން ބޭއްވި 2020ގެ ލޯކަލް ކައުންސިލް އިންތިޚާބުގައި ވެސް ވޯޓުލީ ގާތްގަނޑަކަށް 21،000 މީހުން. 17،000 މީހުން ގާތްގަނޑަކަށް މި ބައި- އިލެކްޝަނުގައި ވޯޓުލައިފި. އެހެންވީމަ އެއަދަދަކީ އެހާ ގޯސް އަދަދެއް ކަމަށް ބެލެވޭކަށް ނެތް،" ހަބީބު ވިދާޅުވިއެވެ.އޭގެ އިތުރުން ހަބީބު ވިދާޅުވީ އިއްޔެ ވޯޓު ފޮށިތައް ބަންދުކޮށް ވަގުތީ ނަތީޖާ އިއުލާން ކުރުމާ ހަމައަށް ލިބުނީ ހަތް ޝަކުވާ ކަމަށެވެ. އޭގެ ތެރެއިން ތަހުގީގު ކުރަން ޖެހޭ މައްސަލައެއްވާނަމަ އެ މައްސަލަތައް ތަހުގީގު ކުރައްވާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

ބައި-އިލެކްޝަންގެ ދާއިމީ ނަތީޖާ އިއުލާން ކުރާނީ މާދަމާ
ބައި-އިލެކްޝަންގެ ދާއިމީ ނަތީޖާ އިއުލާން ކުރާނީ މާދަމާ
ލިޔުން:
ހޮނިހިރު ދުވަހު ބޭއްވި ބައި-އިލެކްޝަންތަކުގެ ދާއިމީ ނަތީޖާ މާދަމާ އިއުލާން ކުރާނެކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ހާމަކުރައްވައިފިއެވެ.
މިއަދު ވަގުތީ ނަތީޖާ އިއުލާން ކުރެއްވުމަށްފަހު ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި އިސްމާއިލް ހަބީބު ވިދާޅުވީ އިއްޔެ ހުރިހާ މަރުކަޒެއްގައި ވެސް ވޯޓުލުމުގެ ކަންކަން ކުރިއަށްދިޔައީ ވަރަށް އަމާންކަމާއެކުގައި ކަމަށެވެ.
އިއްޔެ ކުރިއަށްގެންދިޔައީ މާލެ ސިޓީ މޭޔަރާއި، މާލެ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާ އާއި މެދު ހެންވޭރު ދާއިރާ އާއި ހެންވޭރު ދެކުނު ދާއިރާގެ އިތުރުން މ.މުލަކު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރު ހޮވުމަށް ބޭއްވި ބައި-އިލެކްޝަނެވެ. މިބައި- އިލެކްޝަންތަކުގެ ވަގުތީ ނަތީޖާ ރޭ އިލެކްޝަންސް ކޮމިޝަނުންވަނީ އިޢުލާންކުރައްވާފައެވެ. އިއްޔެގެ ބައި-އިލެކްޝަނުގައި 56،002 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބިފައިވާއިރު ވޯޓު ލާފައިވަނީ 32 އިންސައްތައެއްހާ މީހުންނެވެ
ހަބީބު ވިދާޅުވީ އާއްމުކޮށް ވެސް ބައި-އިލެކްޝަންތަކުގައި ވޯޓުލާ މީހުންގެ އަދަދު މަދު ކަމަށާއި އިއްޔެ ބައި-އިލެކްޝަންގައި ވޯޓު ލީ މީހުންގެ އަދަދު ގޯސް ކަމުގައި ބެލެވެން ނެތް ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
