މާލެ: 31°C

ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމަށް އަދީބަށް ހުއްދަ ދީފި

ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމަށް އަދީބަށް ހުއްދަ ދީފި
July 11, 2023
2 ފަހަރު ބަލާފައި
ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމަށް އަދީބަށް ހުއްދަ ދީފި
ފުރާނައަށް ނުރައްކާތެރި ބައްޔަކަށް މިހާރު ފަރުވާ ހޯއްދަވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ރާއްޖެ އިން ބޭރަށް ވަޑައިގެން ފަރުވާ ހޯއްދެވުމުގެ ހުއްދަ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީސީ) އިން ދީފިއެވެ. ބޭސްފަރުވާއަށް އަދީބު ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދައަށް އޭނަގެ އާއިލާ އިން ކަރެކްޝަންސްއަށް އެދިވަޑައިގަތީ މިދިޔަ ހަފުތާގައި އަދީބުގެ ހާލު ސީރިއަސްވެ، އައިޖީއެމްއެޗްގައި އެޑްމިޓްކުރި ފަހުންނެވެ. އެގޮތުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ކުރި ޓްވީޓެއްގައި ބުނީ ރާއްޖެއިން ހެދެން ނެތް ޓެސްޓުތަކެއް ހެދުމަށް އަދީބު ރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދަ މެޑިކަލް ބޯޑުގެ ލަފައާއެކު ދީފައިވާ ކަމަށެވެ. "އަދި ރާއްޖެއިން ބޭރުގައި ހުންނަ މުއްދަތުގައި މިސާވިސް އާއި ދިވެހި ފުލުހުންގެ ހިދުމަތް ގުޅިގެން މޮނިޓާ ކުރަމުން ގެންދާނެ ކަމުގައި ދަންނަވަން،" އެމްސީސީގެ ޓްވީޓުގައިވެއެވެ. [embed]https://twitter.com/CorrectionsMv/status/1678676609015099392?s=20[/embed] މައުލޫމާތު ލިބިފައިވާ ގޮތުގައި އަދީބު ބޭސްފަރުވާއަށް ސިންގަޕޫރަށް ވަޑައިގަތުމަށް ލިބިފައިވަނީ 10 ދުވަހުގެ މުއްދަތެކެވެ. މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް ޕާޓީ (އެމްޓީޑީ) އިން ބުނީ އަދީބަށް ޖެހިފައި ވަނީ ނާރުގެ ނިޒާމަށް އަސަރުކުރާ ފުރާނައަށް ނުރައްކާތެރި ބައްޔެކެވެ. އަދި މި ބަލި ފެނުނު ކަމަށް ބެލެވެނީ 2015 އިން ފެށިގެން 2018 ގެ ނިޔަލަށް ތިން އަހަރު ދުވަހުގެ މުއްދަތަކަށް ޖަލުގައި ބަންދުކޮށްފައި ހުއްޓާ ކަމަށް އެ ޕާޓީން ބުނެފައިވެއެވެ. 2015 އިން ފެށިގެން ޖަލުގައި ހުންނެވިއިރު ސިއްހީ ބޮޑެތި މައްސަލަތަކެއް އަދީބަށް ވަނީ ކުރިމަތި ވެފައެވެ. އޭރުގެ ސަރުކާރުން އަދީބަށް ބޭނުންވި ބޭސްފަރުވާ ނުދެވުމުން، އޭރުގެ ހިއުމަން ރައިޓްސްއާ ބޭރުގެ ޖަމިއްޔާ ތަކުން ވަނީ، އަދީބަށް ސިއްހީ ފަރުވާ ދޭން ސަރުކާރަށް ގޮވާލާފަ ވެއެވެ. އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅިގެން 2020 ވަނަ އަހަރު އަދީބުގެ މައްޗަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި އެމަނިކުފާނުގެ މައްޗަށް ދައުލަތުން ކުރި ތިން ދައުވާއެއް ސާބިތުވުމުން ވަނީ 33 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. ނަަމަވެސް އެމަނިކުފާނުގެ ސިއްހީ ހާލަތު ހުރި ގޮތުން ހުކުމް ތަންފީޒު ކުރުން ވަނީ ގޭބަންދަށް ބަދަލުކޮށްފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ