ޑޮކްޓަރީ ބޭސް ރާއްޖެ އެތެރެކޮށް ވިއްކާ އަގުތައް ރާއްޖޭގެ ބާޒާރުގައި މިހާތަނަށް ހުރީ %200 އިން ފެށިގެން %2000 އާއި ދެމެދުގެ ފައިދާއެއް ނަގާ މިންވަރުގައި. ބޭސް ވިއްކުމުގައި މިވަރުގެ ބޮޑު ފައިދާ ނެގުން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާގުޅުންހުރި އެންމެހައި މުއައްސަސާތަކަށް މިހާރު ވާނީ އަންގާފައި. މީގެ ސަބަބުން، ބޭހުގެ ބާޒާރު އަގާއި އާސަންދައިން ޗާޖުކުރާ އަގު ދަށްކުރެވިގެންދާނެ. މި ބަދަލު ގެނައުމަށް ހަމަޖެހިފައިވާ ގޮތުގެ ތާވަލާއި ތަފްސީލު ވަރަށް އަވަހަށް އާންމުކޮށް އިޢުލާންކުރެވޭނެ. މި ބަދަލުގެ ނަތީޖާއެއްގެ ގޮތުން، އާސަންދައިން އިސްރާފުވަމުންދާ ގިނަ އަދަދެއްގެ ފައިސާ (އެތައް ސަތޭކަ މިލިއަން ރުފިޔާ) ސަލާމަތްކުރެވި، ޞިއްޙީ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް އެ ފައިސާ ބޭނުންކުރެވޭނެ މަގު ތަނަވަސްވެގެންދާނެ. ރައީސް ޑރ.މުއިއްޒު

ބޭސް އެތެރެކުރާ ފަރާތްތަކުން ނަގާ ބޮޑު ފައިދާ ހުއްޓުވައި ބޭހުގެ އަގު ހެޔޮކުރުމަށް ފިޔަވަޅުތަކެއް އަޅަނީ
ބޭސް އެތެރެކުރާ ފަރާތްތަކުން ނަގާ ބޮޑު ފައިދާ ހުއްޓުވައި ބޭހުގެ އަގު ހެޔޮކުރުމަށް ފިޔަވަޅުތަކެއް އަޅަނީ
ލިޔުން:
ބޭސް އެތެރެކުރާ ފަރާތްތަކުން ނަގާ ބޮޑު ފައިދާ ހުއްޓުވައި ބޭސް އަގު ހެޔޮކުރުމަށް ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ހާމަކުރައްވައިފިއެވެ.
އެމަނިކުފާނު އެކަން ހާމަކުރެއްވީ އެކަމާ ގުލޭގޮތުން އެކްސް ގައި ކޮސްފައިވާ ޕޯސްޓެއްގައެވެ.
އެމަނިކުފާނުގެ ޕޯސްޓްގައި ފާހަގަކުރައްވާފައިވަނީ ޑޮކްޓަރީ ބޭސް އެތެރެކުރާ ފަރާތްތަކުން 200 އާއި 2 ހާސް ޕަސެންޓާއި ދެމެދުގެ ފައިދާއެއް ނަގަމުންދާކަމަށާއި އެހެންކަމުން އެފަރާތްތަކުން ނަގަމުންގެންދާ ބޮޑު ފައިދާ ހުއްޓުވައި ބޭހުގެ އަގު ހެޔޮ ކޮށްފިނަމަ އާސަންދައިން ކުރާ ޙަރަދުގެ ބޮޑު ބައެއް ކުޑަކުރެވި އެކަމުގެ ފައިދާ ސިއްޙީ ދާއިރާ އަށް ކުރާނެ ކަމަށެވެ.
އެހެންކަމުން އެކަމާގުޅޭ ފިޔަވަޅުތައް އެޅޫމަށް ކަމާ ގުޅުންހުރި މުވައްސަސާތަކަށް މިހާރު އަންގާފައިވާނެކަމަށާއި އެ ފިޔަވަޅުތައް އެޅުމުން ބޭހުގެ ބާޒާރު ހަމައަކަށް އެޅޭނެ ކަމަށާއި އަދި އެކަމާމެދު އެޅުމަށް ނިންމާ ފިޔަވަޅުތައް ވަރަށް އަވަހަށް އާއްމުކުރާނެ ކަމަށްވެސް އެމަނިކުފާނުގެ ޕޯސްޓްގައި ފާހަގަކުރައްވާފައިވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މިރޭ ބާއްވާ އެއްވުމުގެ މައުލޫމާތު ކުރިން ހިއްސާއެއްނުކުރޭ، ގާނޫނާ ހިލާފު އެއްވެސް އަމަލެއް ހިންގާނަމަ ވަގުތުން ފިޔަވަޅު އަޅާނަން: ފުލުހުން

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
