
ބޭރުގައި ދިރިއުޅޭ ދިވެހި ދަރިވަރުންނަށް އިސްލާމް، އަދި ދިވެހި ކިޔަވައިދިނުމުގެ ޕްރޮގްރާމް އިފްތިތާހްކޮށްފި
ބޭރުގައި ދިރިއުޅޭ ދިވެހި ދަރިވަރުންނަށް އިސްލާމް، އަދި ދިވެހި ކިޔަވައިދިނުމުގެ ޕްރޮގްރާމް އިފްތިތާހްކޮށްފި
ލިޔުން:
ރާއްޖެއިން ބޭރުގައި ދިރިއުޅެމުންދާ ދިވެހި ދަރިވަރުންނަށް އިސްލާމާއި، ދިވެހި ކިޔަވައިދިނުމުގެ ޕްރޮގްރާމް "ރިވެލި" ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިރޭ އިފްތިތާހްކޮށްދެއްވައިފިއެވެ.
މި ޕްރޮގްރާމް އިފްތިތާޙް ކޮށްދެއްވީ ރައީސް ޑރ.މުއިއްޒު، އެކުވެރި ޢަރަބި އިމާރާތަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ ޤައުމުގައި ދިރިއުޅުއްވާ ދިވެހި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ދުބާއީގައި މިރޭ ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ.
މިރޭގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ބައްދަލުވުމަށް ވަޑައިގެންނެވި އެކުވެރި އަރަބި އިމާރާތުގައި ދިރިއުޅޭ ދިވެހިންނަށް ދަތިވާ ކަންކަމާއި ބޭނުންވާ ކަންކަމާބެހޭ ގޮތުން މަޝްވަރާކުރައްވާފައެވެ.
ރާއްޖެއިން ބޭރުގައި ދިރިއުޅެމުންދާ ދިވެހި ދަރިވަރުންނަށް ދިވެއްސާއި އިސްލާމް ކިޔަވައިދިނުމުގެ ޕްރޮގްރާމް އިފްތިތާހްކޮށްފައިވާއިރު، ޑިސެމްބަރުމަހުގެ ތެރޭގައި ކޮޕް ސަމިޓަށް ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅުގައި އެގައުމުގައި ތިބި ދިވެހި ދަރިވަރުންނާއި ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަނީ، ބޭރުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނަށް އިސްލާމް ދީނާއި ދިވެހި ބަސް އަދި ދިވެހި ގައުމިއްޔަތު އުނގަންނައިދެވޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވާނޭކަމަށް ވިދާޅުވެފައެވެ.
އެގޮތުން ސަރުކާރުން އަލަށް އުފެއްދި މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖްގެ މަސައްކަތްތަކުގެ ތެރެއިން ބޭރުގައި ހުންނަ ރާއްޖޭގެ އެމްބަސީތަކާއި ކޮންސިއުލޭޓްތަކާ ގުޅިގެން، ދިވެހިންނަށް ވެސް ދިވެހި ބަހާއި އިސްލާމްދީނަށް ލޯބިޖެހޭނޭހެން ތައުލީމީ ޕްރޮގްރާމުތައް ކުރިއަށްގެންދަވާނޭކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ބޭރުގައި ދިރިއުޅެމުންދާ ދިވެހި ދަރިވަރުންނަށް ހާއްސަކޮށް ދިވެހި އަދި އިސްލާމް މާއްދާތައް ކިޔަވައިދިނުމަށް މިދިޔަ ސަރުކާރުން ވެސް ވަނީ ވަރަށް މުހިއްމު މަސައްކަތްތަކެއް ކޮށްފައެވެ.
މިގޮތުން ގިނަ އަދަދެއްގެ ދިވެހިން ތައުލީމް ހާސިލްކުރަމުންދާ މެލޭޝިއާގައި އެސްއެސްސީ އިމްތިހާނު ހެދޭނޭ އިންތިޒާމް ހަމަޖައްސާފައިވާކަން ފާހަގަކޮށްލެވެއެވެ
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
