ބޭރު މަގުގައި ނުގަވައިދުން ޕާކުކޮށްފައި ހުންނަ އުޅަނދުތައް ނަގަނީ

ބޭރު މަގުގައި ނުގަވައިދުން ޕާކުކޮށްފައި ހުންނަ އުޅަނދުތައް ނަގަނީ
ލިޔުން:
އާންމު ދަތުރުފަތުރު ތަކަށް ދަތިވާގޮތަށް ނުގަވައިދުން ޕާކުކޮށްފަ ހުންނަ އުޅަނދުތައް ނަގަމުން ދާކަމަށް ފުލުހުން ބުނެފިއެވެ.
މިނިވަން ނޫހަށް ފުލުހުން ބުނީ، ބޮޑު ތަކުރުފާނު މަގުގައި އާންމު ދަތުރުފަތުރުތަކަށް އުނދަގޫވާ ގޮތަަށް ގަވާއިދާ ހިލާފަށް ބަހައްޓާފައި ހުންނަ އުޅަނދުތައް މިހާރުވެސް ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އާންމުން ގިނައިން އެއްވެ އުޅޭ ސަރަހައްދު ތަކުގައި މީހުންނަށް އުނދަގޫވާ ގޮތަށް ސައިކަލާއި ކާރު ފަދަ އުޅަނދުތައް ޕާކުކޮށްފައއި ހުންނާތީ ގިނަ ބަޔަކު އަންނަނީ އެކަމުގެ ޝަކުވާ ކުރަމުންނެވެ. މީގެ އިތުރުން ބޭރު މަގުގައި ހުންނަ ސަލްމާން މިސްކިތް ކުރިމައްޗަށްވާ ގޮތަށް ގިނަ ދުވަސްތަކެއް ވަންދެން އުޅަނދުތައް ޕާކުކޮށްފައި ހުންނަ ކަމުގެ ޝަކުވާވެސް ވަނީ ގިނަވެފައެވެ.
ފުލުހުން އެންމެ ފަހުން އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ފުރަތަމަ ތިން މަސްތެރޭ ސްޓިކާ ޖަހައިގެން ވެސް ދައުލަތަށް 2.6 މިލިއަން ރުފިޔާ ވަނީ ހޯދާފައެެވެ.
ފުލުހުން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން އެ މުއްދަތުގެ ތެރޭގައި 10،617 ވެހިކަލެއްގައި ސްޓިކާ ޖަހާފައި ވެއެވެ. އޭގެ ތެރޭގައި 5،093 ސައިކަލެއްގައި ސްޓިކާ ޖަހާފައިވާއިރު، ސްޓިކާ ޖާހާފައިވާ ކާރުގެ އަދަދަކީ 3978 ވެ. އަދި 853 ޕިކަޕާއި 475 ވޭނުގައި ސްޓިކާ ޖާހާފައިވެއެވެ. އޭގެ އިތުރުން 107 ޖިޕާއި ސްޓިކާ 111 ޓްރަކްގައި ވެސް ސްޓިކާ ޖާހާފައިވެއެެވެ.
އެގޮތުން މި ކުއާޓަރުގައި ސްޓިކާ ޖަހައިގެން ދައުލަތަށް 2،654،250 ރުފިޔާ ހޯދައިފަވާއިރު، އެކަމުގެ ސަބަބުން ސަރުކާރަށް އަންނަނީ ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވަމުންނެވެ. އަދި އެއްގަމު އުޅަނދު ގިނަވެ، މާލެއިން ޕާކްކުރާނެ ޖާގަ ނުލިބުމަކީ ވެސް މިހާރު އާއްމުކޮށް ކުރަމުން އަންނަ ޝަކުވާއެކެވެ.
ހަމައެއާއެކު ވޭތުވެދިޔަ ތިން މަސްތެރޭގައި ޕާކު ކުރުމުގެ ގަވާއިދާ ހިލާފުވެގެން 543 ސައިކަލާއި، 40 ކާރާއި، އަށް ޕިކަޕާއި، ހަތް ވެނާއި، 13 ބައިސްކަލުގެ އިތުރުން ތިން ބެޓަރީ ސައިކަލު ވަނީ ޓޯ ކޮށްފައެވެ.
ސްޓިކާއެއް ޖަހައިފިނަމަ، ޖޫރިމަނާގެ ގޮތުގައި 250 ރުފިޔާ ނަގައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
