
ބޭރަށް ހިނގުމާއި ހޮޑުލުން އިތުރުވާތީ އެކަމަށް ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި
ބޭރަށް ހިނގުމާއި ހޮޑުލުން އިތުރުވާތީ އެކަމަށް ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި
ލިޔުން:
މިދުވަސްވަރު ބޭރަށް ހިނގުމާއި ހޮޑުުލުން އިތުރުވަމުންދާތީވެ، އެކަމަށް ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭއިން) އިލްތިމާސްކޮށްފިއެވެ.
މިކަމާ ގުޅޭގޮތުން އެޗްޕީއޭއިން މިއަދު ބުނީ ބޭރަށް ހިނގުމާއި ހޮޑުލުމުގެ ކޭސްތައް ރިޕޯޓްކުރާ އަދަދު މާލޭ ސަރަހައްދުގައި އިތުރުވަމުން އަންނަ ކަމަށެވެ.
މިދުވަސްވަރަކީ ގިނަ ފަރާތްތައް އެއްވެ، ކާބޯތަކެތި ތައްޔާރުކޮށް އެއްކޮށް ކައި ހަދާ ދުވަސްވަރެއްކަމުން، ބަލިން ރައްކާތެރިވުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް އެޗްޕީއޭއިން އެދެއެވެ.
ބޭރަށް ހިނގުމާ ހޮޑުލުމުގެ ކޭސްތަކަށް ބަލާއިރު، ފެބްރުއަރީ 18 އިން 24 ގެ ނިޔަލަށް 965 ކޭސް ރިޕޯޓްކޮށްފައިވާއިރު، ފެބުރުއަރީ 25 ހުން މިމަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް 889 ކޭސް ވަނީ ރިޕޯޓްކޮށްފައެވެ. ބޭރަށް ހިނގުމާއި ހޮޑުުލުން އިތުރުވަމުންދާތީ އެޗްޕީއޭއިން ވަނީ ބޭރަށް ހިންގުން ފަދަ ބަލިތަކުން ރައްކާތެރިވުމަށް ރަނގަޅަށް ސައިބޯނި ލައިގެން އަތްދޮވުމަށް ހަނދާންކޮށްދީފައެވެ.
https://twitter.com/HPA_MV/status/1764938004890833155
މީގެ އިތުރުން ބޭރަށް ހިނގާނަމަ ގިނަގިނައިން ލޮނުޕެކެޓް، ފެން އަދި ދިޔާ ސޫޕްފަދަ ތަކެތި ބޭނުންކުރުމާއި، ފާހާނާ ކުރުމަށްފަހު، އަދި ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިން ރަނގަޅަށް ސައިބޯނި ލައިގެން އަތްދޮންނަން ޖެހެއެވެ. އަދި ބޭރަށް ހިނގުމުގެ އަލާމަތްތައް ފެންނަނަމަ ކުދިން ސްކޫލަށް ނުފޮނުވުމަށްވެސް އެޗްޕީއޭއިން އެދެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
