މާލެ: 31°C

ބޭނުންވަނީ ރައްޔިތުންގެ ސިކުނޑީގެ ހާސްކަން ފިލުވާދޭނެ ވެރިއެއް: އަމީން

ބޭނުންވަނީ ރައްޔިތުންގެ ސިކުނޑީގެ ހާސްކަން ފިލުވާދޭނެ ވެރިއެއް: އަމީން
June 8, 2023
2 ފަހަރު ބަލާފައި
ބޭނުންވަނީ ރައްޔިތުންގެ ސިކުނޑީގެ ހާސްކަން ފިލުވާދޭނެ ވެރިއެއް: އަމީން
ރާއްޖެ އަށް ބޭނުންވެގެން މިއުޅެނީ ރައްޔިތުންގެ ސިކުނޑީގެ ހާސްކަމާއި ންބޮޑުވުންތައް ފިލުވައިދެވޭނެ ވެރިއެއް ކަމަށާއި  ކަންކަން ހައްލު ކުރުމުގެ ގާބިލްކަން ހުރި ހަމައެކަނި ލީޑަރަކީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ކަމަށް އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް  ވިދާޅުވެއްޖެއެވެ. ޖޭޕީގެ އޮފީސް މ. ކުނޫޒްގައި ރޭ ބޭއްވި ޖަލްސާގައި ، އުތުރުގެ ކެމްޕޭން މެނޭޖަރު އަމީން ވިދާޅުވީ ކަންކަން ޖޭޕީގެ އޮފީސް އަދި ޖަގަހަ މ. ކުނޫޒްގައި ބޭއްވި ޖަލްސާގައި އަމީން ވިދާޅުވީ ރާއްޖޭގެ ކަންކަން ހައްލުކުރަން އަންނަ ބޭފުޅާއަކީ ގާބިލް ބޭފުޅެއްތޯ އާއި އެމީހަކީ އޭގެ ތަޖުރިބާ އާއި ވައްޓަފާޅި ހުރި ބޭފުޅެއްތޯ ވެސް ބަލަން ޖެހޭ ކަމަށެވެ. "ވަރަށް ގިނަ މީހުން އެބަތިބި ރާއްޖޭގައި ކިޔަވައިގެން، ވަރަށް މަތީ ފާސްތަކާ އެއްޗެހި ނަގައިގެން، ބިޒްނަސް ކިޔަވައިގެން، ވިޔަފާރި ކުރާނެ ގޮތް ކިޔަވައިގެން، އަދި އެ ނޫން އެހެނިހެން މަސައްކަތްތައް ދަސްކޮށްގެން އައިސް. އެކަމަކު ކިތައް މީހުންތޯ އެމީހަކު ކިޔެވި ދާއިރާއަކުން ކާމިޔާބު މީހަކަށް މިވަނީ؟ އެ ދާއިރާއަކުން އެމީހަކު ނަން މަޝްހޫރު މީހަކަށް ވަނީ؟ އެކަށީގެންވާ ނަތީޖާއަކަށް ދެވިފައި ހުރި މީހަކަށް އެވަނީ؟ ވަރަށް މަދު މީހަކަށް (އެކަން ވަނީ،)" އަމީން ވިދާޅުވިއެވެ. އަމީން ވިދާޅުވީ ދިވެހިންނަށް ދިމާވެފައި ހުރި މައްސަލަތައް ހައްލު ކުރަން އެ މައްސަލަތައް އަޑު އަހައި މައްސަލަތަކުގެ މައުލޫމާތު އަދި ތަޖުރިބާ ހުރި ބޭފުޅެއް ވެރިކަމަށް ބޭނުންވާ ކަމަށެވެ. އަދި އެ ސިފަތައް ހުރި ގާބީލް ބޭފުޅަކީ ހަމައެކަނި ގާސިމް ކަމުގައި ވެސް އަމީން ވިދާޅުވިއެވެ. ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އިރު، އ ޕާޓީގެެ ކެމްޕެއިން ރާއްޖޭގެ އެކި ހިސާބުތަކަށް ބަހައިގެން ކުރިއަށް ގެންދިއުމުގައި އަމީން އިބްރާހީމް އަކީ އުތުރުގެ ކެމްޕެއިން މެނޭޖަރެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ