މާލެ: 31°C

ބޭނުންވަނީ ރައީސް ސޯލިހުގެ ކެތްތެރި ވެރިކަން ދަމަހަށްޓަން: ޝާހިދު

December 23, 2022
2 ފަހަރު ބަލާފައި
ބޭނުންވަނީ ރައީސް ސޯލިހުގެ ކެތްތެރި ވެރިކަން ދަމަހަށްޓަން: ޝާހިދު
ބޭނުންވަނީ ރައީސް ސޯލިހުގެ ކެތްތެރި ވެރިކަން ދަމަހަށްޓަން: ޝާހިދު
ބޭނުްވަނީ ރައީސް އިބްރާހީމް މުހައްމަދު  ސޯލިހުގެ ކެތްތެރި ވެރިކަން ރާއްޖޭގައި ދަމަހައްޓަން ކަމަށް ފޮރިން  މިނިސްޓަރު އަބްދުﷲ ޝާހިދު ރޭ ވިދާޅުވެއްޖެ އެވެ. އަންނަ އަހަރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނެ ބޭފުޅަކު ކަނޑައަޅަން ބާއްވާ ޕްރައިމަރީއަށް ރައީސް ސޯލިހުގެ ކެމްޕޭން ފަށަން އެމްޑީޕީ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި ޝާހިދު ވިދާޅުވީ ރައީސް އަރިހުގައި، އެމަނިކުފާނުގެ ސަޕޯޓަރުން ތީ "ވަރަށް ގަދަކޮށް" ކަމަށެވެ. އެއީ ހިޔާލުތަފާތުވާ މީހުންނަށް ވެސް ޖާގަ އޮންނަ ވެރިކަމެއް ރާއްޖޭގައި އޮންނަން އެދިވަޑައިގަންނަވާތީ ކަމަށް ވެސް ޝާހިދު އޭނާ އެވެ. "އަޅުގަނޑުމެން ބޭނުންވަނީ ދިވެހިރާއްޖޭގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެތްތެރި ކުޅަދާނަ ވެރިކަން ބާއްވަން،" ޝާހިދު ވިދާޅުވި އެވެ. މަސައްކަތް ނިންމާނީ ރައީސް އަނެއްކާވެސް އިންތިހާބުކޮށްފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އިދިކޮޅު ފަރާތްތަކަށް ވެސް ރޭގެ ޖަލްސާގައި ޝާހިދު ކޮންމެވެސް ވަރަކަށް ރައްދު ދެއްވި އެވެ. އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލިސް ހިސާރުކޮށް މަޖިލީހުގެ ފާރުމަތިން މެމްބަރުން އުކާލާ ވެރިކަމެއް ބާއްވަން ބޭނުންނުވާ ކަމަށެވެ. ސުޕްރީމްކޯޓުގެ ފުރާޅުން ޓިނު ނަގައިގެން ފަނޑިޔާރުން ހައްޔަރުކުރާ ވެރިކަމެއް ބޭނުންނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވ.    

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ