
ބޭ އޮފް ބަންގްލާގައި ވަރުގަދަ ތޫފާނެއް އުފެދިއްޖެ
ބޭ އޮފް ބަންގްލާގައި ވަރުގަދަ ތޫފާނެއް އުފެދިއްޖެ
ލިޔުން:
ރާއްޖެއާއި ދުރުން އިރު ދެކުނު ބޭ އޮފް ބަންގްލާގައި ވަރުގަދަ ތޫފާނެއް އުފެދިއްޖެއެވެ.
މޯލްޑިވްސް މީޓިއޮރޯލޮޖިކަލް ސާވިސް (މެޓު އޮފީހުން) މިއަދު ބުނީ "މޯކާ" ގެނަމުން ނަންދީފައިވާ ތޫފާން މަޑު މަޑުން ހުޅަނގު އުތުރަށް ޖެހި، މިރޭގެ ވަގުތެއްގައި ބާރުގަދަ ތޫފާނަކަށް ބަދަލު ވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
މި ތޫފާނުގެ ސީދާ އަސަރު ރާއްޖެއަށް ނުކުރި ނަމަވެސް މި ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު އިތުރަށް ގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.
https://twitter.com/metmaldives/status/1656523928754597889?s=48&t=W-Ms7MNeLsesbV_No22wYA
މެޓް އޮފީހުން ބުނީ، އޭގެ ސަބަބުން ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާ އެެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި، ހުޅަނގުދެކުނާއި ހުޅަގުން ގަޑިއަކު 15 މޭލާ 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި ވިލާ ގަނޑުގައި 50 މޭލު ބާރު މިނަށް ވައިގަދަވެ، ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
އެހެން ކަމުން ދަތުރު ފަތުރު ކުރާ މީހުން މޫސުމަށް ހާއްސަ ސަމާލުކަމެއްދިނުމަށް ވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
