މާލެ: 31°C
ބެޓްކުރާ ސައިޓްތައް ރާއްޖޭގައި ބްލޮކްކުރަން ފަށައިފި

ބެޓްކުރާ ސައިޓްތައް ރާއްޖޭގައި ބްލޮކްކުރަން ފަށައިފި

July 10, 2024
3 ފަހަރު ބަލާފައި
ބެޓްކުރާ ސައިޓްތައް ރާއްޖޭގައި ބްލޮކްކުރަން ފަށައިފި
ރާއްޖޭގައި ބެޓްކުރަން ބޭނުން ކުރާ ވެބްސައިޓްތައް ބްލޮކް ކުރަން ފަށައިފިއެވެ. ފުލުހުންގެ ތަރުޖަމާނު، އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ މިހާތަނަށް އެފަދަ ހަތަރު ސައިޓެއް ފާހަގަކޮށް، ބްލޮކް ކުރަން ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އަށް ހުށަހަޅައިފައިވާ ކަމަށެވެ. އޭގެ ތެރެއިން މިހާރު "ކިރަބެޓް" ނަމަކަށް ކިޔާ ސައިޓެއް ބްލޮކް ކޮށްފައިވާ ކަމަށް ޝިފާން ވިދާޅުވިއެވެ. ޝިފާން ވިދާޅުވީ ބްލޮކް ކުރާ އިތުރު ސައިޓްތަކުގެ މައުލޫމާތު އަދި ފަހުން ހިއްސާ ކުރާނެ ކަމަށެވެ. ބެޓް ކުރާ ސައިޓްތައް ރާއްޖޭގައިި ބޭނުންކުރާ މިންވަރު ފަހަކަށް އައިސް ވަރަށް ބޮޑަށް ވަނީ ގިނަވެފައެވެ. ހާއްސަކޮށް އެފަދަ ހަރާން ޕްލެޓްފޯމް ބޭނުންކޮށްގެން ފައިސާ ހޯދާ ޒުވާނުން ގިނަވަމުންދާކަން ފާހަގަކުރެވެއެވެ. މިކަން އެންމެ ފުރަތަމަ ކުޑަކުޑަކޮށް ފެށުނު ނަމަވެސް މިހާރު ގިނަ ބަޔަކު ވަނީ މިކަމުގައި ދެވިހިފާފައެވެ.
ބެޓްކުރާ ސައިޓްތައް ބްލޮކްކުރަން ފަށާފައިވާއިރު، މި ސަރުކާރުން ވަނީ ބަރަހަނާ ސައިޓްތައް ވެސް ރާއްޖޭގައި ބްލޮކްކޮށްފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ