މާލެ: 31°C

ބެލްޖިއަމް އާއި ސްވިޑެންގެ އާ ސަފީރުން ސަފީރުކަމުގެ ފަތްކޮޅު ރައީސަށް އަރުވައިފި

February 27, 2023
2 ފަހަރު ބަލާފައި
ބެލްޖިއަމް އާއި ސްވިޑެންގެ އާ ސަފީރުން ސަފީރުކަމުގެ ފަތްކޮޅު ރައީސަށް އަރުވައިފި
ބެލްޖިއަމް އާއި ސްވިޑެންގެ އާ ސަފީރުން ސަފީރުކަމުގެ ފަތްކޮޅު ރައީސަށް އަރުވައިފި
ބެލްޖިއަމް އަދި ސްވިޑެންގެ ސަރުކާރުން، ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރުން އެބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް އަރުވައިފި އެވެ. މިއަދު ރައީސްއޮފީހުގައި  ބޭއްވި ރަސްމިޔާތުގައި ރައީސް އަށް ފަތްކޮޅު އެރުވި ދެ ސަފީރުންނަކީ ސްވިޑެން ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ޖޭން ތެސްލެފް އާއި ބެލްޖިއަމް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ޑިޑިއަރ ވެންޑަރހެސްލްޓް އެވެ. މިރަސްމިޔާތުގައި ރައީސް ސޯލިހު އެ ދެ ސަފީރުންނާ ވަކިވަކިން ބައްދަލުކުރެއްވި އެވެ. އެގޮތުން ސްވިޑެންގެ ސަފީރުއާ ބައްދަލް ކުރައްވާ ދެއްކެވިވާހަކަ ފުޅުގައި ރައީސް ވަނީ ދެގައުމުގެ ދެމެދުގައި އޮތް ގާތް ރަޙުމަތްތެރިކަމުގެ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. މިބައްދަލުވުކުރެއްވުމުގައި، ސްވިޑެންގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި، އެގައުމުގައި ދިވެހިރާއްޖޭގެ ގިނަ ދަރިވަރުން ތަޢުލީމު ޙާސިލްކުރަމުންދާކަން ފާހަގަކުރެއްވިއެވެ. މި ބައްދަލު ކުރެއްވުން ނިންމަވާލެއްވީ ދެގައުމުގެ ދެމެދުގައި އޮތް ގާތްގުޅުން ކުރިޔަށް އޮތްތަނުގައި އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ޔަގީންކަން އަރުވަމުންނެވެ. ބެލްޖިއަމްގެ އާ ސަފީރާ ރައީސް ބައްދަލް ކުރައްވާ ދެއްކެވި ވާހަކަ ފުޅުގައި އާ ސަފީރުގެ ދައުރުގައި ކާމިޔާބީއަށް އެދިވަޑައިގެން، ކުރިޔަށް އޮތް މުސްތަގުބަލުގައިވެސް އެކުގައި މަސައްކަތް ކުރެއްވުމުގެ ޝައުގުވެރިކަން ފާޅު ކުރައްވާފައެވެ. އަދި ދެގައުމުގެ މެދުގައި އޮތް ރަޙުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވިއެވެ. މީގެއިތުރުން، މޫސުމަށް އަންނަ ބަދަލުތަކާއި، އިޢާދަކުރަނިވި ހަކަތައާއި، ފަތުރުވެރިކަމާއި، ބައިނަލްއަގްވާމީ ވިޔަފާރީގެ ދާއިރާއިން އެއްބާރުލުންދީ ދެގައުމުގެ މެދުގައި ގުޅުން ބަދަހިކުރުމާއި ގުޅޭ ގޮތުންވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ