މާލެ: 31°C
ބޭންކް އޮފް މޯލްޑިވްސްގެ ޙިދުމަތް އަނެއްކާވެސް މެދުކެނޑިއްޖެ!

ބޭންކް އޮފް މޯލްޑިވްސްގެ ޙިދުމަތް އަނެއްކާވެސް މެދުކެނޑިއްޖެ!

August 7, 2024
2 ފަހަރު ބަލާފައި
ބޭންކް އޮފް މޯލްޑިވްސްގެ ޙިދުމަތް އަނެއްކާވެސް މެދުކެނޑިއްޖެ!

ބޭންކް އޮފް މޯލްޑިވްސް ގެ މޯބައިލް އެޕާއި އިންޓަނެޓް ބޭންކިންގ އަށް މައްސަލައެއް ދިމާވެ އަނެއްކާވެސް ޑައުންވެއްޖެ އެވެ.

ބޭންކު އޮފް މޯލްޑިވްސް އިން އެކްސް ގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މޮބައިލް އެޕާއި އިންޓަނެޓް ބޭންކިންގެ ހިދުމަތަށް ބުރޫއަރާފައިވާ ކަމަށާއި،  ވީ އެންމެ އަވަހަކަށް މައްސަލަ ހައްލު ކުރަން މަސައްކަތް ކުރަމުންދާކަމަށެވެ.

ނިމިދިޔަ ހަފްތާގެ ތެރޭގައިވެސް ބޭންކް އޮފް މޯލްޑިވްސް ގެ އޮންލައިން ހިދުމަތާއި އޭޓީއެމް ގެ ހިދުމަތް ވަނީ ގިނަ އިރުތަކަކަށް މެދުކެނޑިފައެވެ. އެފަހަރު ބޭންކުން ބުނެފައިވަނީ އެމައްސަލަ ދިމާވީ މައިކްރޮސޮފްޓަށް ދީގެންއުޅޭ ސައިބަ އެޓޭކާ ގުޅިގެން ކަމަށެވެ.

ބޭންކުގެ ޙިދުމަތް ހޯދާ ގިނަ އަދަދެއްގެ ބަޔަކު ކޭޝްލެސް ކޮސް މުއާމަލާތްކުރަން ވަރަށްބޮޑަށް އާދަވެފައިވާތީ އޮންލައިން ބޭންކިންގެ ޙިދުމަތް ކުޑަވަގުތުކޮޅަކަށްވެސް ނުލިބުމަކީ އެކަމުގެ ދަތި ވަރަށް ގިނަ ބަޔަކަށް ކުރިމަތިވާނެ ކަމެކެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ