
ބަނގުރަލާއި ހަށިވިއްކާ ކަމަށް ދެކެވޭ ވާހަކަ ހިންމަފުށީ ކައުންސިލުން ދޮގުކޮށްފި
ބަނގުރަލާއި ހަށިވިއްކާ ކަމަށް ދެކެވޭ ވާހަކަ ހިންމަފުށީ ކައުންސިލުން ދޮގުކޮށްފި
ލިޔުން:
ކ.ހިންމަފުށީގަ ބަނގުރަލާ ހަށި ވިއްކާ ކަމަށްބުނެ އޮންލައިން ނޫހަކުން ލިޔުނު ހަބަރު އެރަށު ކައުންސިލުން ދޮގު ކޮށްފިއެވެ.
ރާއްޖޭގެ އޮންލައިން ނޫހަކުން މިމަހު 20 ވަނަ ދުވަހު ލިޔެފަވާ ހަބަރުގައި ހިންމަފުށީ މީހަކާ ހަވާލާދީ ބުނެފަވަނީ އެ ރަށުގައި ހިންގާ ކެފޭއެއްގައި ފާޅުގައި ބަނގުރާ ބޮމުންދާ ކަމަށެވެ. އެމީހުން ބަނގުރާ ބޮނީ ފެން ހުސްކުރި ފުޅިއަށް ބަނގުރާ އަޅައިގެން ހިފައިގެން ގޮސްކަމަށްވެސް އެހަބަރުގައި ލިޔެފައިވެއެވެ. ނަމަވެސް އެ ހަބަރު ދޮގުކޮށް ކުށްވެރި ކޮށް ހިންމަފުށީ ކައުންސިލުން ވަނީ ނޫސް ބަޔާނެއް ނެރެފައެވެ.
ހިންމަފުށީ ކައުންސިލްގެ ނޫސް ބަޔާނުގައި ބުނީ މިމަހުގެ 20 ވަނަ ދުވަހު އެނޫހުގައި ހިންމަފުށީގައި ބަނގުރަލާއި ހަށިވިއްކުން އާންމުކަމަށް ބުނެ ލިޔެ ޝާއިއުކޮށްފައިވާ ހަބަރަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު ހަބަރެއް ކަމަށާއ،ި އެ ކައުންސިލުން އެކަން ކުށްވެރި ކުރާ ކަމަށެވެ. އަދި އެ ރަށުގައި އެކަހަލަ އަމަލެއް ހިނގާ އާންމުވާ ކަމަށް ބުނެ އެވެސް މީހެއްގެ ޝަކުވާ މިހާތަނަށް އެ ކައުންސިލަށް ރިޕޯޓު ކޮށްފައިނުވާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
"ރަށުގައި ދިރިއުޅޭ ކޮންމެވެސް މީހަކު ބުނާހާ އެއްޗެއް އޭގެ ހަގީގަތް ބެލުމުގެ ގޮތުން ކައުންސިލާއި އެއްވެސް ސުވާލެއް ކޮށްލުމެއްނެތި ނޫސްވެރިޔާގެ އަމިއްލަ އިބާރާތުގެ މައްޗަށް އެއްވެސް ޒިންމާދާރު ކަމެއް ނެތް ގޮތެއްގައި މުޅި ރަށުގެ ނަން ބޭނުންކޮށް ރަށަށް ޒިޔާރަތް ކުރާ އެންމެހައި ފަރާތްތަކުގެ މެދުގައި ބިރުވެރިކަމާއި ނާމާންކަން އުފެދޭގޮތަށް ހަބަރު ހާމަކޮށްފައިވާތީ ކައުންސިލުން އެކަމާ ހިތާމަކުރަން" ނޫސް ބަޔަނުގައި ބުނެފައިވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
