
ބަނގުރާ ކައްކާތަނެއް އައްޑޫން އަނެއްކާ ވެސް ހޯދައިފި
ބަނގުރާ ކައްކާތަނެއް އައްޑޫން އަނެއްކާ ވެސް ހޯދައިފި
ލިޔުން:
ބަނގުރާ ކައްކާ ސެޓަޕެއް އަނެކާވެސް އައްޑޫން ހޯދައިފި އެވެ.
ފުލުހުން ބުނީ ބަނގުރާ ކެއްކުމަށް ބޭނުންކުރާކަމަށް ބެލެވޭ ތަކެތި އައްޑޫ ހިތަދޫން ހޯދިފައިވާ ކަމަށާއި އެތަކެތި ހޯދީ ހިތަދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ކަމަށެވެ. އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްވައިވަނީ މިމަހުގެ 18 ވަނަދުވަހު ކަމަށެވެ.
[embed]https://twitter.com/PoliceMv/status/1637371666534658049?s=20[/embed]
ފުލުހުންގެ އޮޕަރޭޝަންގައި އެތަކެތި ފެނުނީ ހިތަދޫގެ ވަލުތެރޭންނެވެ. އަތުލައިގަނެފާވާ ތަކެތީގެ ތެރޭގައި ބަނގުރާ އަޅާފައިވާ ކަމަށް ބެލެވޭ، ހަންތަކަކާއި ގޭސްފުޅިއެއް ހިމެނެއެވެ.
ބަނގުރާ ކައްކަން ތައްޔާރުކޮށްފައި ހުރި ތަންތަން ހިތަދޫން މީގެ ކުރިން ވެސް ވަނީ ހޯދައިފަ އެވެ.
ފުލުހުން ބުނިގޮތުގައި ހިތަދޫގައި ހާއްސަ އޮޕަރޭޝަނެއް ހިންގީ ރޯދަމަހާ ދިމާކޮށް އެރަށުގައި ކުށްމަދުކުރުމަށް ކަމަށެވެ. އެ އޮޕަރޭޝަނުގައި އެރަށުގެ އެކި ސަރަހައްދުތައް ބަލައި ފާސްކުރުމާއި ރަށުތެރެ ޕެޓްރޯލް ކުރުން ވަނީ އިތުރު ކޮށްފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
