މާލެ: 31°C
ބަންގްލަދޭޝްގެ ބޮޑުވަޒީރު އަލުން އިންތިހާބުވެވަޑައިގަތުމާ ގުޅިގެން ރައީސް އެކަމަނާއަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި

ބަންގްލަދޭޝްގެ ބޮޑުވަޒީރު އަލުން އިންތިހާބުވެވަޑައިގަތުމާ ގުޅިގެން ރައީސް އެކަމަނާއަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި

January 9, 2024
3 ފަހަރު ބަލާފައި
ބަންގްލަދޭޝްގެ ބޮޑުވަޒީރު އަލުން އިންތިހާބުވެވަޑައިގަތުމާ ގުޅިގެން ރައީސް އެކަމަނާއަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި
ބަންގްލަދޭޝްގެ ބޮޑުވަޒީރުގެ މަގާމަށް، އެ ގައުމުގެ ބޮޑުވަޒީރު ޝައިހް ހަސީނާ އައު ދައުރަކަށް އިންތިހާބުވެވަޑައިގަތުމާ ގުޅިގެން އެކަމަނާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ. ރައީސް މެސެޖުގައި، ޝައިހް ހަސީނާގެ ވެރިކަމުގައި ބަންގްލަދޭޝްގެ ރައްޔިތުންނަށް ދެއްވަމުން ގެންދަވާ އަހަންމިއްޔަތު ފާހަގަކުރައްވައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން ބަންގްލަދޭޝްގެ ބޮޑުވަޒީރަށް ތަހުނިޔާ ފޮނުއްވާފައިވެއެވެ. މި މެސެޖުގައި، ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާ ދެ ގައުމަކީ ގާތް އަވަށްޓެރި ދެ ގައުމު ކަމަށާއި، ދެ ގައުމުގެ ދެމެދު އޮންނަ އެކުވެރިކަމުގެ ޒަމާންވީ ގުޅުމަކީ އެއްބަޔަކު އަނެއްބަޔަކަށް އިހްތިރާމްކުރުމާއި، ދެފަރާތުން އިސްކަންދޭ ކަންކަމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން ފާހަގަކުރައްވާފައިވެއެވެ. މެސެޖް ނިންމަވާލައްވާފައިވަނީ ބޮޑުވަޒީރު ޝައިހް ހަސީނާގެ ވެރިކަމުގެ ޒައާމަތުގައި ދެގައުމުގެ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެ، އޭގެ ފައިދާ ދެ ގައުމަށާއި ދެ ގައުމުގެ ރައްޔިތުންނަށް ލިބިގެންދާނެކަން ފާހަގަކުރައްވަމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ