
ބަންގްލަދޭޝްގެ 2 މީހަކު ހޯދަން އިމިގްރޭޝަނުން އިއުލާނުކޮށްފި
ބަންގްލަދޭޝްގެ 2 މީހަކު ހޯދަން އިމިގްރޭޝަނުން އިއުލާނުކޮށްފި
ލިޔުން:
ބަންގްލަދޭޝްއަށް ނިސްބަތްވާ 2 މީހަކު ހޯދުމަށް މޯލްޑިވްސް އިމިގްރޭޝަނުން އިއުލާނުކޮށްފިއެވެ.
ފިލައިގެން އުޅޭތީ އިމިގްރޭޝަނުން ހޯދަމުންދަނީ ބަންލަދޭޝްގެ އުމުރުން 30 އަހަރުގެ 2 ފިރިހެނުންނެވެ.
އެގޮތުން، އެ އިދާރާއިން ވަނީ އެ ދެމީހުންނާ ގުޅޭ މައުލޫމާތެއް އެނގޭނަމަ އިމިގްރޭޝަންއަށް ގުޅައިގެން (9199017) ނުވަތަ އީމެއިލް (risk@immigration.gov.mv) މެދުވެރިކޮށް އެ މައުލޫމާތު ހިއްސާ ކުރުމަށް އެދިފައެވެ.
https://twitter.com/ImmigrationMV/status/1746765671009296486
ރާއްޖޭގައި ގަވާއިދާ ހިލާފަށް ދިރިއުޅެމުންދާ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމުގެ ގޮތުން އިމިގްރޭޝަނުން ދަނީ ހާއްސަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. އެ އޮޕަރޭޝަންތަކުގައި ބިދޭސީންގެ އައިޑެންޓިޓީ އަދި ވިސާ ޗެކް ކުރުމަށްފަހު، އިމިގްރޭޝަންގެ ގާނުނާ ހިލާފުވާ ބިދޭސީންނަށް ފިޔަވަޅު އެޅުމާއި އަދި ބިދޭސީން ގަވާއިދުގެ ތެރެއަށް ފެއްތުމުގެ އެންމެހާ މަސައްކަތް ކުރެއެވެ.
އެ އޮޕަރޭޝަން ކުރިއަށް ގެންދިއުމުގެ މަގުސަދަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން މަދު ކުރުމާއި މަސައްކަތް ކުރުމަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ކަންކަން ގަވާއިދާ އެއްގޮތަށް ބައްޓަން ކުރުން ކަމަށް އިމިގްރޭޝަންއިން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
