
ބަންގްލަދޭޝްގައި ކިޔަވާ ދިވެހި ދަރިވަރުން ވިސާ އާކުރަން ނުޖެހޭ ގޮތަށް ހަމަޖައްސައިފި
ބަންގްލަދޭޝްގައި ކިޔަވާ ދިވެހި ދަރިވަރުން ވިސާ އާކުރަން ނުޖެހޭ ގޮތަށް ހަމަޖައްސައިފި
ލިޔުން:
ބަންގްލަދޭޝްގައި ކިޔަވާ ދިވެހި ދަރިވަރުން، ކޯހުގެ މުއްދަތުގައި ވިސާ އާކުރަން ނުޖެހޭ ގޮތަށް އެގައުމުގެ ސަރުކާރުން ހަމަޖައްސައިފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ ބަންގްލަދޭޝްގައި ކިޔަވާ ދިވެހި ދަރިވަރުންނަށް އެ ދަރިވަރުން ކިޔަވާ ކޯހުގެ މުއްދަތަށް، ދިގު މުއްދަތުގެ ވިސާދޭން އެގައުމުގެ ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އެގޮތަށް ދިގު މުއްދަތުގެ ވިސާ ދޫކުރާނީ ބަންގްލަދޭޝް ސަރުކާރުން ގަބޫލުކުރާ ތައުލީމީ މުއައްސަސާތަކުން ކިޔަވާ ދަރިވަރުންނަށާއި އިންޓާންޝިޕްތަކުގެ ދަށުން އެގައުމުގައި މަސައްކަތްކުރާ ދިވެހި ދަރިވަރުންނަށެވެ.
[embed]https://twitter.com/MoFAmv/status/1641739012095475713?s=20[/embed]
މިއީ ބަންގްލަދޭޝް ސަރުކާރާ އެކު ރާއްޖޭން ކުރިން ކުރި މަޝްވަރާތަކުގައި ރާއްޖޭން އެދިފައިވާ ކަމެކެވެ.
ބަންގްލަދޭޝްގައި ގިނަ އަދަދެެއްގެ ދިވެހި ދަރިވަރުން މަތީ ތައުލީމު ހާސިލުކުރަމުން އަންނަ އިރު އޭގެ ތެރެއިން ގިނަ ދަރިވަރުންނަކީ ސިއްހީ ދާއިރާއިން ކިޔަވާ ދަރިވަރުންނެވެ.
ބަންގްލަދޭޝް އާއި ރާއްޖެއާ ދެމެދު ވަރަށް ގާތް ގުޅުމެއް އަބަދުވެސް އޮވެ އެވެ. އެގައުމުގެ ގިނަ އަދަދެއްގެ މީހުން ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަ އިރު، އެއީ އެއްގައުމަކުން އެންމެ ގިނަ މަސައްކަތްތެރިން ރާއްޖެއަށް ހިޖުރަކޮށްފައިވާ ގައުމުވެސް މެ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
