އޭނާ ވިދާޅުވީ މައްސަލައަކީ ބަނދަރު ހެދިއިރު ނެރު ކަނޑާފައި އޮތް ދިމާލުގެ ގޮތުން މޫސުން ގޯސްވެ ކަނޑު ގަދަވާ ދުވަސްވަރު ބަނދަރު ތެރޭގައި ކަނޑެކޭ އެއްގޮތަށް ރާޅު އުފެދުންކަމަށެވެ. އެގޮތުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާކަމަށް އޭނާ ވިދާޅުވި އެވެ.
މޫސުން އެންމެ ގޯސްވާ ދުވަސްވަރު، ރަށަށް ބޮޑެތި ރާޅު އަރާކަމަށް ވެސް އެރަށުން ބުންޏެވެ.
" އުޅަނދުފަހަރު ތަކަށް އެތަށް ގެއްލުމެއް ލިބި، މީހުނަށް ވެސް ބޮޑެތި އަނިޔާތަކެއް ލިބެމުންދަނީ، " ދިއްދޫ ކައުންސިލުގެ ރައީސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރައްޔިތުންގެ ބަޔަކު ރުޅިއައިސްގެން މިއަދު ކައުންސިލް އިދާރާ ދޮށަށް އެއްވީ ބަނދަރު ނެރު މައްސަލަ ސަރުކާރުގައި އެތައްފަހަރަކު ދައްނަވައިގެން ވެސް މިއަދާ ހަމައަށްވެސް ހައްލެއް ނުލިބިގެން ކަމަށެވެ. ދިއްދޫ ކައުންސިލުގެ ރައީސް ވިދާޅުވީ، މިހަފްތާގައި ނެރުގެ މަސައްކަތް ކުރުމަށް ބަޔަކާ ހަވާލުކުރާނެ ކަމަށް ސަރުކާރުން ދިއްދޫ ކައުންސިލަށް ޖަވާބުދެއްވާފައިވާ ކަމަށެވެ. ކައުސިލުން ބުނީ، މިއަދު ރައްޔިތުން ކުރި މުޒާހަރާ ރޫޅާލާފައި ވަނީ ޕޮލިހުން އައިސްގެން ކަމަށެވެ. ދިއްދޫގެ އާބާދީ އަކީ 111 މީހުން ކަމަށް އެންމެ ފަހުގެ ބޯހިމެނުމުން ދައްކައެެވެ.






