މާލެ: 31°C

ބަންދާ ދިމާކޮށް ގައިން ގަޔަށް އަރާ ބަލިތައް ގިނަވާތީ، ރައްކާތެރި ވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

ބަންދާ ދިމާކޮށް ގައިން ގަޔަށް އަރާ ބަލިތައް ގިނަވާތީ، ރައްކާތެރި ވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި
June 22, 2023
2 ފަހަރު ބަލާފައި
ބަންދާ ދިމާކޮށް ގައިން ގަޔަށް އަރާ ބަލިތައް ގިނަވާތީ، ރައްކާތެރި ވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި
މި ދުވަސްވަރަކީ ރާއްޖޭގައި ޑެންގީ ހުމާއި، އަރިދަފުސް ރޯގާ އަދި ބޭރަށްހިންގުން އިތުރުވަމުންދާ ދުވަސްކޮޅަކަށްވެފައ،ި ކުރިއަށް އީދު ބަންދަކާއި ސްކޫލް ޗުއްޓީއެއް އޮތުމާއެކު، ގައިން ގަޔަށް އަރާ ބަލިތަކުން އާންމުން ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ. އެޗްޕީއޭ އިން ބުނީ މި ދުވަސްވަރު ރާއްޖެއިން ބޭރަށާއި، އަތޮޅުތެރެއަށް ދަތުރުކުރުމާއި، ގޭގެ އަށް ޒިޔާރަތްކޮށް މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުން އިތުރުވާތީ ރޯގާތަކަށް ސަމާލުވާން ޖެހޭ ކަމަށެވެ. އެގޮތުން އާންމު ތަންތަނަށް ގޮސް މީހުންގެ ތެރޭގައި އުޅޭއިރު މި ބަލިތަކުން ރައްކާތެރިވުމަށް އެޅޭނެ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށް ވެސް އެތަނުން އެދިފައިވެއެވެ. [embed]https://twitter.com/HPA_MV/status/1671775953255813121?s=20[/embed] ބައްޔެއް ޖެހިއްޖެނަމަ އަރާމު ކުރުމާއި، ގިނަގިނައިން ދިޔާ އެއްޗެހި ބޭނުންކުރުމާއި، ހުން މަޑުކުރުމާއި ހުޅުހުޅުގައި ރިއްސާނަމަ ޕެރަސިޓަމޯލް ބޭނުން ކުރެވިދާނެ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ. އަދި ތިން ދުވަހަށްވުރެ އިތުރަށް ހުން އަންނަ ނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުމަށް ވެސް އިރުޝާދު ދީފައިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ