
ބަނޑަށްޖެހިފައި ތިބި ޣައްޒާގެ ރައްޔިތުންނަށް ދިވެހިންގެ ނަމުގައި ކާބޯތަކެތީގެ 5000 ޕެކޭޖް ބަހައިފި
ބަނޑަށްޖެހިފައި ތިބި ޣައްޒާގެ ރައްޔިތުންނަށް ދިވެހިންގެ ނަމުގައި ކާބޯތަކެތީގެ 5000 ޕެކޭޖް ބަހައިފި
ލިޔުން:
އިޒްރޭލުން ހުއްޓުމެއްނެތި ދެމުންދާ ލާއިންސާނީ ހަމަލާތަކުގެ ސަބަބުން ކާނެ އެއްޗެއް ނުލިބި ބަނޑުހައި ހޫނުކަން ތަހައްމަލު ކުރަމުންދާ ޣައްޒާގެ ރައްޔިތުންނަށް ދިވެހިންގެ އެހީގައި ކާބޯތަކެތީގެ ޕެކޭޖް ބަހައިފިއެވެ.
ދިވެހިންގެ އެހީ ޣައްޒާއަށް ފޯރު ކޮށްދެމުން އަންނަ ދިވެހި ޖަމިއްޔާއެއް ކަމަށްވާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ބުނީ ކާނެ އެއްޗެއް ނުލިބި ޣައްޒާގެ ރައްޔިތުން ދަނީ ވަރަށް ބޮޑު ވޭނެއް ތަހައްމަލު ކުރަމުން ކަމަށާއި މި ކަމުގެ ސަބަބުން ކުޑަކުދިންނާއި ބޮޑެތި މީހުންވެސް ދުނިޔެ ދޫ ކުރަމުންދާ ކަމަށެވެ.
މިފަދަ ނާޒުކު ބިރުވެރި ހާލަތެއްގައި ޣައްޒާ ވީ ނަމަވެސް ކޮންމެވެސް ވަރަކަށް އެހީ ފޯރުކޮށްދެވެމުންދާ ކަމަށް އައިއޭސީން ބުނެއެވެ. ހަނގުރާމައިގައި އެންމެ ބޮޑު ގެއްލުމެއް ލިބިފައި ވަނީ ނޯތް ގާޒާއަށްކަން ފާހަގަކޮށް އެ ޖަމިއްޔާއިން ބުނީ އެ އަވަށުގައި ތިބި އާއިލާތަކަށް ކާބޯތަކެތީގެ 5000 ޕެކޭޖް ބަހާފައިވާ ކަމަށެވެ.
https://twitter.com/IACMaldives/status/1765606789473583610
ދިވެހި ރާއްގޭގެ އިތުރުން ބޮޑެތި އެހެން ގައުމުތަކުން ވެސް އަންނަނީ ފަލަސްތީނުގެ ޣައްޒާއަށް އެހީ ވެއްދުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް އިޒްރޭލުން ޣައްޒާއަށް އެހީ ވެއްދުމަށް ހުރަސް އެޅުމުގެ ސަބަބުން ގިނަ އެހީގެ ޓްރަކުތަކަށް ވަނީ އެތަނަށް ނުވަދެވި ބޯޑަރުގެ އަނެއް ފަރާތުގައި މަޑުކުރަން ޖެހިފައެވެ. އެއާއެކު ޣައްޒާއަށް އެހީ ހިފައިގެން ދާ އުޅަނދުތައް ކައިރިއަށް އެއްވާ މީހުންނަށް އަމާޒުކޮށް ވެސް އިޒްރޭލުގެ ސިފައިން ދަނީ ކޮންމެ ދުވަހަކު ހަމަލާތައް އަމާޒުކުރަމުންނެވެ.
އިޒްރޭލުން ފަލަސްތީނަށް ހަމަލާދޭން ފެށީ މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ކަމަށްވާއިރު، މިހާތަނަށް ހަމަލާތަކުގައި ޣައްޒާއިން ވަނީ 30،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައެވެ. އަދި ޒަހަމް ކޮށްލި މީހުންގެ އަދަދު ވަނީ 72،000 އަށްވުރެ މަތިވެފެއެވެ. ހަނގުރާމައިގެ ސަބަބުން ޣައްޒާގެ 85 ޕަސެންޓު މީހުން ގެދޮރު ދޫކޮށް ގޮސްފައިވާއިރު، ޣައްޒާގެ ބައި މިލިއަނެއްހާ މީހުން ބަޑުހައިހޫނުކަން އަންނަނީ ތަހައްމަލު ކުރަމުންނެވެ.
ހަނގުރާމަ ފެށި ފަހުން މިއަދަށް 5 މަސް ދުވަސް ވެފައިވީ ނަމަވެސް އިޒްރޭލުން ދަނީ ހަމަލާތައް ހުއްޓާލުމަށް ދެކޮޅު ހަދަމުންނެވެ. ނަމަވެސް ކުރިއަށް މިއޮތް ރޯދަ މަހުގެ ކުރިއަށް ހަމަލާ ބަދަލުކުރުން ނިމުމަކަށް ގެނައުމަށް ހަމާސްގެ އޮފިޝަލުންނާއި ގަތަރާއި މިސްރުގެ ސަރުކާރުތަކުން ދަނީ މިހާރު މިސްރުގެ ވެރިރަށް ގާހިރާގައި މަޝްވަރާކުރަމުންނެވެ
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
