
ބަންޑާރަނައިބު ރިފްއަތުގެ އިތުބާރުނެތް ކަމުގެ މައްސަލަ ހުށަހަޅައިފި
ބަންޑާރަނައިބު ރިފްއަތުގެ އިތުބާރުނެތް ކަމުގެ މައްސަލަ ހުށަހަޅައިފި
ލިޔުން:
މޮރިޝަސް-ރާއްޖެ އިން ވަކިކުރުމުގެ މައްސަލައިގައި ދިވެހި ދައުލަތުގެ ފަރާތުން ބަންޑާރަނައިބު އިބްރާހިމް ރިފްޢަތު ދިވެހި ދައުލަތް ހިމާޔަތް ނުކުރައްވާ ކަމަށް ތުހުމަތުކޮށް ބަންޑާރަނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފިއެވެ.
އެ މައްސަލަ މަޖިލީހަށް ހުށަހެޅީ އިދިކޮޅ ުޕީޕީއެމް، ޕީއެންސީ، އެމްއެންޕީ އަދި ޖުމްހޫރީ ޕާޓީގެ އިތުރުން ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުމަށް ނިސްބަތްވާ މެމްބަރުންނެވެ.
ބަންޑާރަނައިބު ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް ފަހު ޕީޕީއެމް، އާއި ޕީއެންސީ އަދި ޖޭޕީގެ އިތުރުން ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުންއަށް ނިސްބަތްވާ މެމްބަރުން މަޖިލީހުގައި ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ.
މީގެ އިތުރުން ޗާގޯސް މައްސަލައާ ގުޅިގެން ރައީސް ސޯލިހް އާއި ފޮރިން މިނިސްޓަރު ޝާހިދުގެ އިތުބާރުނެތް ކަމުގެ މައްސަލަ ވެސް އިދިކޮޅުން ހުށަހަޅާނެ ކަމަށް ބުނެފައިވެއެވެ.
އިދިކޮޅުން ބުނީ ބަންޑާރަނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ ގާނޫނުއަސާސީއާއި މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން 10 މެމްބަރުންގެ ސޮޔާއިއެކު ކަމަށާއި އަދި އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުން ފާސްކުރުމަށް ބޭނުންވާ އަދަދަށް ވޯޓު ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
މަޖިލީހުގައި، ވަޒީރެއްގެ އިތުބާރު ނެތްކަމަށް ފާސްވާނީ ޖުމްލަ މެމްބަރުންގެ ދެބައިކުޅަ އެއްބައި މެމްބަރުންގެ އަޣުލަބިއްޔަތު ލިބިގެންނެވެ. އެއީ މަޖިލީހުގެ 87 މެމްބަރުންގެ ތެރެއިން 43 މެމްބަރުންގެ ވޯޓުންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
