މާލެ: 31°C

ބަލިމީހުންނަށް ޒިޔާރަތްކުރެވޭ ވަގުތު އިތުރުކުރަން ނިންމައިފި

March 10, 2025
155 ފަހަރު ބަލާފައި
ބަލިމީހުންނަށް ޒިޔާރަތްކުރެވޭ ވަގުތު އިތުރުކުރަން ނިންމައިފި
ރޯދަ މަހާ ގުޅިގެން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދާ ބަލި މީހުންނަށް ޒިޔާރަތްކުރެވޭ ވަގުތު އިތުރުކުރަން މިއަދު ނިންމައިފި އެވެ.

ރޯދަ މަހާ ގުޅިގެން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދާ ބަލި މީހުންނަށް ޒިޔާރަތްކުރެވޭ ވަގުތު އިތުރުކުރަން މިއަދު ނިންމައިފި އެވެ.

މާލެ ހޮސްޕިޓަލްސް ގްރޫޕްގެ ދަށުން ހިންގާ އައިޖީއެމްއެޗް، ދަރުމަަންވަތަ ހޮސްޕިޓަލު، ވިލިމާލެ ހޮސްޕިޓަލް އަދި ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު އެޑްމިޓްކޮށްފައި ތިބޭ ބަލިމީހުންނަށް ޒިޔާރަތްކުރެވެނީ ހަވީރު ފަހަކުން ރޭގަނޑު އަށަކަށެވެ.

ނަމަވެސް މާލެ ހޮސްޕިޓަލްސް ގްރޫޕްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް މިއަދު އެކްސްގައި ވިދާޅުވީ އެޑްމިޓްކޮށްގެން ފަރުވާދޭ ބަލިމީހުންނަށް ރޯދަމަހު ޒިޔާރަތްކުރާ ވަގުތު ހަވީރު 5:00 އިން ފެށިގެން ރޭގަނޑު 10:30 އަށް އިތުރު ކުރުމަށް ނިންމައިފައިވާ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ