
ބަލި ގަބޫލު ނުކުރެވޭ މީހުން އިންތިހާބުތަކުގައި ކުރިމަތި ނުލާނީ: މިނިސްޓަރު ޑރ. ހުސެއިން ރަޝީދު
ބަލި ގަބޫލު ނުކުރެވޭ މީހުން އިންތިހާބުތަކުގައި ކުރިމަތި ނުލާނީ: މިނިސްޓަރު ޑރ. ހުސެއިން ރަޝީދު
ލިޔުން:
އިންތިހާބުގައި ބަލި ޤަބޫލު ނުކުރެވޭ މީހުން އިންތިހާބަށް ކުރިމަތި ނުލުމަށް ޖުމްހޫރީ ޕާޓީގެ ކުރީގެ ޑެޕިއުޓީ ލީޑަރު ހުސައިން ރަޝީދު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީގެ 4 ވަނަ ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހުސައިން ރަޝީދު ވިދާޅުވީ ޕާޓީގެ ޑެޕިއުޓީ ލީޑަރުކަމަށް ނުހޮވުމުން ކުޑަކޮށްވެސް ދެނަ ނުވާ ކަމަށެވެ. އަދި އިންތިހާބެއް ނާކާމިޔާބުވުމުން އެކަމާ ދެރަވެ، ބަލި ޤަބޫލުނުކުރެވޭ މީހުން އިންތިހާބަށް ކުރިމަތިލައިގެން ނުވާނެ ކަމަށާއި އަބަދު ވެސް ބަލި ޤަބޫލުކުރަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ. އަދި ކަންކަމާއި ކުރިމަތިލާންޖެހޭނީ ޑިމޮކްރެޓިކް އުސޫލުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ބަލިވެވަޑައިގަތް ރައީސް ނަޝީދުވެސް ބައިވެރިވެވަޑައިގެންނެވި މި ޖަލްސާގައި ޑރ. ހުސެއިންގެ އެވާހަކަފުޅަށް ވަރށް ބޮޑަށް ތަރުހީބު ދެއްވާ ރައީސް ނަޝީދު ގެންދެވީ ބާރަށް އަތް ޖައްސަވަމުންނެވެ.
"އިންތިހާބަކުން ނާކާމިޔާބުވީމާ އެކަމާ ދެރަވާ މީހުން، އިންތިހާބަށް ކުރިމަތިލައިގެން ނުވާނެ. ބަލި ޤަބޫލު ކުރެވެން ޖެހޭނެ. އެހެންވީމާ ޑިމޮކްރެޓިކް އުސޫލުން ކަންކަމާ ކުރިމަތި ލައިގެން ތިމާއަށް ވޯޓުލާ މީހުންގެ ތެރޭގައި އޮތް ތާއިދަކީ ދޭތެރެ ދޭތެރެއިން ޓެސްޓުކޮށްލަން ޖެހޭނެ." ހުސައިން ރަޝީދު ވިދާޅުވިއެވެ.
މި ޖަލްސާގައި ޑރ. ހުސެއިން ވަނީ ޕާޓީ އުފެދުނު ގޮތަށް އަލިއަޅުއްވާލައްވާ ވާހަކަ ދައްކަވާފައެވެ،
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
