މާލެ: 31°C

ބެލްކަންޏާއެކު ވަގަކު ވެއްޓިއްޖެ

February 13, 2023
2 ފަހަރު ބަލާފައި
ބެލްކަންޏާއެކު ވަގަކު ވެއްޓިއްޖެ
ބެލްކަންޏާއެކު ވަގަކު ވެއްޓިއްޖެ

މާލޭގެ ގެއަކަށް ވައްްކަން ކުރަން ވަދެ އުޅުނު މީހަކު އެގޭގެ ބެލްކަންޏާއެކު ވެއްޓިއްޖެއެވެ.

މާފަންނުގައި ހުންނަ އެގޭގެ ބެލްކަނިން ތަންގަޑެއް ނެއްޓިގެން މަގުމައްޗައް ވެއްޓުނީ އެތަނަށް މީހަކު އަރާހުއްޓައެވެ.

ފުލުހުން ބުނި ގޮތުގައި، ކޮންކްރީޓްގަނޑު ވެއްޓުނީ ވައްކަންކުރަން ވަން މީހަކު ބެލްކަނީން ފުންމާލި ވަގުތު ކަމަށް، މިހާތަނަށް ބެލި ބެލުމުން އެނގިފައިވެ އެވެ. އެ ހާދިސާ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ރޭ 11:29 ހާއިރު އެވެ. އެ ހާދިސާގައި އަނިޔާވި މީހާއަށް އަންނަނީ އައިޖީއެމްއެޗްގައި ފަރުވާދެމުންނެވެ. ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ. ގެދޮރުގެ ދަތިކަން ބޮޑު މާލޭގައި ބާ އިމާރާތްތަކުގެ ޑެކް، ފާރު ، ފުރާޅު ނުވަތަ ބެލްކަނި ވެއްޓި ދޭތެރެދޭތެރެއިން މީހުނަށް އަނިޔާވެއެވެ. މިދިޔަ ހަފްތާތެރޭގައި ތީމުގޭގެ ބޭރު ފާރުން ކޯނިސްގަނޑެއްވެސް މަގުމައްޗައްވެއްޓުނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ