މާލެ: 31°C

ބަލަން ނިންމި މައްސަލަތައް މަދުވީ ފަނޑިޔާރުންނަށް ހެޔޮބަދަލު އައުމުން: ޖޭއެސްސީ

ބަލަން ނިންމި މައްސަލަތައް މަދުވީ ފަނޑިޔާރުންނަށް ހެޔޮބަދަލު އައުމުން: ޖޭއެސްސީ
March 27, 2023
3 ފަހަރު ބަލާފައި
ބަލަން ނިންމި މައްސަލަތައް މަދުވީ ފަނޑިޔާރުންނަށް ހެޔޮބަދަލު އައުމުން: ޖޭއެސްސީ
ފަނޑިޔާރުންނާ ގުޅޭ ގޮތުން ޖުޑިޝަލް ސާވިސް ކޮމިޝަނަށް މިދިޔަ އަހަރު ހުށަހެޅި، ގާތްގަނޑކަށް 400 ޝަކުވާގެ ތެރެއިން 15 ޝަކުވާއެއް ފިޔަވައި އެހެން ޝަކުވާތައް ނުބަލަން އެކޮމިޝަނުން ނިންމި  އިރު، އެއީ، ފަނޑިޔާރުންގެ ސުލޫކަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާ ކަމުގެ ހެއްކެއް ކަމަށް އެ ކޮމިޝަނުން ސިފަކޮށްފި އެވެ. ޖޭއެސްސީން އިއްޔެ އާއްމުކުރި ،މިދިޔަ އަހަރުގެ އަހަރީ ރިޕޯޓްގައި އެކޮމިޝަނުގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ލިއުއްވާފައިވާ ލިއުމުގައި ވިދާޅުވެފައިވާ ގޮތުގައި ފަނޑިޔާރުންނާ ގުޅޭ 392 ޝަކުވާއެއް މިދިޔަ އަހަރު އެކޮމިޝަނަށް ހުށަހެޅި އެވެ. ކޮމިޝަނުން ބަލަން ނިންމީ އޭގެ ތެރެއިން އެންމެ 15 ޝަކުވާ އެވެ. "...އެގޮތުން 2022 ވަނަ އަހަރު ބަލަން ނިންމުނު މައްސަލައިގެ އިންސައްތަ ދަށްވުމީ ފަނޑިޔާރުންގެ ސުލޫކަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާ ކަމުގެ ހެއްކެކެވެ. އަނެއް ކަމަކީ ކޮމިޝަަނަށް ހުށަހެޅޭ ޝަކުވާތަކުގެ ތެރެއިން ބަލަން ނުފެންނަ ކަމަށް ނިންމާ މައްސަލަތަކުގައި ވެސް، ހުށަހެޅިފައިވާ މައްސަލައަކީ ޝަރުއީ ނިޒާމުގެ ތެރެއިން ހައްލުކުރެވެން ހުރި ކަމެއް ހައްލުކުރުމަށް މަސައްކަތް ކޮށްފައި ވާނެ އެވެ،" ޖޭއެސްސީގެ އަހަރީ ރިޕޯޓްގައި "ރައީސްްގެ ބަސް" މި ނަމުގައި ހިސާން ލިއުއްވި ލިއުއްވުުމުގައި ވިދާޅުވި އެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި ހުށަހެޅި ޝަކުވާތަކުގެ ތެރެއިން ޝަރުއީ ނިޒާމުގެ ތެރެއިން ހައްލު ނުކުރެވޭ ، އެހެން މުއައްސަސާތަކާ ގުޅިގެން ހައްލުކުރަން ޖެހޭ ކަންކަން ހައްލުކުރަން ވެސް ޖޭއެސްސީން މަސައްކަތް ކޮށްފައި ވެ އެވެ. އެގޮތުން މިދިޔަ އަހަރު ކަމާ ގުޅޭ އެކި އެކި މުއައްސަސާތަކަށް 45 ސިޓީއެއް ފޮނުވާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ޖޭއެސްސީގެ އަހަރީ ރިޕޯޓްގައިވާ ގޮތުން އެކޮމިޝަނުން މިދިޔަ އަހަރު 46 މައްސަލައެއް ބެލި އިރު، މިދިޔަ އަހަރު ބަލަން ނިންމި 15 މައްސަލައާއި އޭގެ ކުރީ އަހަރު ނިމުނު އިރު ނުނިމި އޮތް 55 މައްސަލައާއި އެކު ޖުމްލަ 70 މައްސަލައެއް ބަލަން އޮތެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ