މާލެ: 31°C

ބޯކޮށް ވާރޭވެހި ކ. މާފުށީގައި ފެންބޮޑުވެއްޖެ

January 25, 2025
183 ފަހަރު ބަލާފައި
ބޯކޮށް ވާރޭވެހި ކ. މާފުށީގައި ފެންބޮޑުވެއްޖެ
މެދު ރާއްޖެތެރެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، ކ. މާފުއްޓަށް މިއަދު ބޯކޮށް ވާރޭ ވެހި، ފެން ބޮޑުވެއްޖެ އެވެ.

އުތުރާއި މެދު ރާއްޖެތެރެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، ކ. މާފުއްޓަށް މިއަދު ބޯކޮށް ވާރޭ ވެހި، ފެން ބޮޑުވެއްޖެ އެވެ.

ލޯކަލް ޓޫރިޒަމަށް މަޝްހޫރު މާފުށީގެ ގިނަ މަގުތަކުގައި މިއަދު ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފަ އެވެ.

ފެން ހިންދުމުގެ މަސައްކަތުގައި އެންމެ ފުރަތަމަ ހަރަކާތްތެރިވާން ފަށާފައިވަނީ އެ ރަށު ކައުންސިލުންނެވެ. އެ މީހުން ވަނީ މޫދަށް ކޯރެއް ކަނޑައިގެން މަގުތަކުން ފެން ބޭރުމުގެ މަސައްކަތް ކޮށްފަ އެވެ.

އޭގެ ފަހުން، ސިފައިން މިހާރު ވަނީ ޕަމްޕް ޖަހައިގެން ފެން ހިންދުމުގެ މަސައްކަތް ފަށައިފަ އެވެ.

މާފުށީގައި ފެން ބޮޑުވުމުގެ ސަބަބުން، ލޯކަލް ޓޫރިޒަމާ ގުޅޭ ބައެއް ވިޔަފާރިތަކަށް ވެސް ވަނީ ބުރޫ އަރައިފައި ކަމަށް އެރަށުން ބުނެއެވެ. 

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ