މާލެ: 31°C

ބައެއް މުވައްޒަފުންގެ ސަސްޕެންޝަން އުވާލައިފި

February 3, 2025
327 ފަހަރު ބަލާފައި
ބައެއް މުވައްޒަފުންގެ ސަސްޕެންޝަން އުވާލައިފި
މާލޭ ރަށްވެހިންނަށް ގޯތި ދިނުމަށް ހިންގި "ބިންވެރިޔާ" ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް، ގަވާއިދާ ހިލާފަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލެއިން ގޯތިތަކެއް ދިން މައްސަލައިގައި ސަސްޕެންޑްކުރި ބައެއް މުވައްޒަފުންގެ ސަސްޕެންޝަން އެ ކުންފުނިން އުވާލައިފި އެވެ.

ޝަރުތު ހަމަނުވިޔަސް ގޯތި ދޫކުރި މީހުންގެ ތެރޭގައި އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ ބޭބެ އަދި މާލެ ވޯޓަ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދާއި އެހެން މީހަކު ހިމެނޭ މައްސަަލައެއް އެންމެ ފުރަތަމަ ފެންމަތިވީ ސޯޝަލް މީޑިއާއިންނެވެ.

އެ މައްސަލަ އާއެކު ނުއަގުގައި ބިންތަކެއް ވިއްކުމާއި އަދި ވިނަރެސް ފްލެޓު ދިނުމުގެ މައްސަލަތަކެއް ވެސް ފެންމަތިވެފައިވެ އެވެ. މައްސަލަތަކާ ގުޅިގެން އެޗްޑީސީގެ ބޯޑު މެމްބަރުންނާއެކު ފަޒުލް ވެސް މަގާމުން ސަސްޕެންޑްކުރި އެވެ. ސަސްޕެންޝަނުގައި ހުއްޓާ އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.

ފަޒުލްގެ އިސްތިއުފާ އާއެކު އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ކަމަށް މުހައްމަދު މައުރޫފް ޖަމީލް އައްޔަން ކުރެއްވުމާ ގުޅިގެން ޕީސީބީން ވަނީ އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުންގެ ސަސްޕެންޝަން ނިމުމަކަށް ގެނެސްފަ އެވެ.

މައްސަލަތަކާ ގުޅިގެން އެޗްޑީސީން 15 މުވައްޒަފަކު ވެސް ވަޒީފާއިން ވަކިކުރި އެވެ. އެފަހުން އެ މީހުންގެ ވަޒީފާ އިއާދަކޮށް، ސަސްޕެންޑްކުރި އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ